ads
މޯލްޑިވްސް ޓާޝަރީ ހޮސްޕިޓަލްސް ގްރޫޕް (އެމް.ޓީ.އެޗް.ޖީ) ޗެއާމަނަކަށް އައްޔަންކުރެއްވި ޑރ. އަބްދުލްއަޒީޒު ޔޫސުފް އަދި ރައީސް މުއިއްޒު
މޯލްޑިވްސް ޓާޝަރީ ހޮސްޕިޓަލްސް ގްރޫޕް އުފައްދަވާ، ޗެއާމަނަކަށް ޑރ. އަޒީ
މޯލްޑިވްސް ޓާޝަރީ ހޮސްޕިޓަލްސް ގްރޫޕް (އެމް.ޓީ.އެޗް.ޖީ) އުފައްދަވާ، އެތަނުގެ ޗެއާމަނަކަށް ޑރ. އަބްދުލްއަޒީޒު ޔޫސުފް އައްޔަންކުރެއްވައިފި އެވެ.
Advertisement

މޯލްޑިވްސް ޓާޝަރީ ހޮސްޕިޓަލްސް ގްރޫޕް އުފައްދުމާއި އެކު މިހާތަނަށް ހިނގަމުން އައި މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސް (އެމް.ސީ.ޖީ.އެޗް)އާއި އިތުރު 5 ހޮސްޕިޓަލެއްގެ ގަވަރނިން ބޯޑުތައް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވަނީ އުވާލައްވާފައެވެ. 

ރައީސް އޮފީހުން ބުނީ މި ބަދަލު ގެނެސްފައިވަނީ ސަރުކާރުގެ ސިއްހީ ނިޒާމު ހަރުދަނާކުރެއްވުމަށް ރައީސް މުއިއްޒު ގެންގުޅުއްވާ ސިޔާސަތުގެ ދަށުން، ސަރުކާރުގެ ޓާޝަރީ ހޮސްޕިޓަލުތަކާއި ޓާޝަރީ ފެންވަރަށް ތަރައްޤީކުރަމުންދާ ސަރުކާރުގެ ހޮސްޕިޓަލުތައް އެއް ގަވާނިން ބޯޑެއްގެ ދަށުން، ހައިބްރިޑް ސެންޓްރަލައިޒްޑް މޮޑެލްއަކަށް ހިންގަމުންދާނެ އިންތިޒާމު ހަމަޖެއްސުމަށް ކަމަށެވެ. 

މި ބޯޑުން ބަލަހައްޓަވަމުން ގެންދާ ތަންތަން:
1. ދަރުމަވަންތަ ހޮސްޕިޓަލް
2. އިންދިރާ ގާނދީ މެމޯރިއަލް ހޮސްޕިޓަލް
3. ހުޅުމާލެ ހޮސްޕިޓަލް
4. ވިލިމާލެ ހޮސްޕިޓަލް
5. މޯލްޑިވިއަން ބްލަޑް ސާވިސަސް
6. މޯލްޑިވިއަން ބްލަޑް ސަރވިސަސްގެ ދަށުން ހިނގަމުންދާ ތެލަސީމިއާ އެންޑް އަދާ ހީމޮގްލޮބިނޯޕަތީސް ސެންޓަރު
7. ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލް
8. އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލް
9. އުނގޫފާރު ރީޖަނަލް ހޮސްޕިޓަލް
10. ޑރ. ޢަބްދުއްޞަމަދު މެމޯރިއަލް ހޮސްޕިޓަލް
11. ގަން ރީޖަނަލް ހޮސްޕިޓަލް
12. ފުވައްމުލަކު ހޮސްޕިޓަލު
 

މޯލްޑިވްސް ޓާޝަރީ ހޮސްޕިޓަލްސް ގްރޫޕްގެ ގަވާނިން ބޯޑަކީ ރައީސުލްޖުމްހޫރިއްޔާގެ އިރުޝާދުގެ ދަށުން، އެމަނިކުފާނަށް ޖަވާބުދާރީވާ، އަދި މިނިސްޓްރީ އޮފް ހެލްތު، ފެމިލީ އެންޑް ވެލްފެއާ އާ ގުޅިފައިވާ ގޮތަށް ހިނގަމުންދާނެ ބޯޑެއްކަމަށް ރައީސް އޮފީހުން ބުނެ އެވެ. 

މޯލްޑިވްސް ޓާޝަރީ ހޮސްޕިޓަލްސް ގްރޫޕް (އެމް.ޓީ.އެޗް.ޖީ)ގެ ގަވާނިން ބޯޑާއި، މި ބޯޑުން ބަލަހައްޓަމުން ގެންދާ ތަންތަނުގެ ކަންކަން ވިލަރެސްކުރާނީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޕްރިންސިޕަލް ސެކްރެޓެރީ ޓު ދަ ޕްރެޒިޑެންޓް ފޯ ޓާޝަރީ ހެލްތު ސާވިސަސް އިންކަމަށް ރައީސް އޮފީހުން ބުނެ އެވެ. 

"މޯލްޑިވްސް ޓާޝަރީ ހޮސްޕިޓަލްސް ގްރޫޕްގެ ގަވާނިން ބޯޑު" އެކުލެވިގެންވާ ގޮތް:

  1. ޑރ. އަބްދުލްއަޒީޒު ޔޫސުފް (ވ.އަކީލާ) / ޗެއާޕާސަން  
  2. ހުސައިން ހަލީމް (ކުންނާރުގެ، ގދ.ތިނަދޫ) / ވައިސް ޗެއާޕާސަން (އައިޓީ ދާއިރާގެ ތަޖުރިބާކާރެއް) 
  3. އިބްރާހީމް އަބްދުއްރައްޒާޤު ހަލީމް (މ.ރަނިކަ) / ދަރުމަވަންތަ ހޮސްޕިޓަލްގެ ސީ.އީ.އޯ 
  4. ޑރ. އިބްރާހީމް ޔާސިރު އަހްމަދު (މއ.ވެނީލާގެ) / ދަރުމަވަންތަ ހޮސްޕިޓަލްގެ ޑެޕިއުޓީ ސީ.އީ.އޯ 
  5. ނަޔާޒު އަހްމަދު (ނޯތުވޭ، ޅ.ހިންނަވަރު) / (ޕްރައިމަރީ ހެލްތްކެއަރގެ ތަޖުރިބާކާރެއް)
  6. މަރްޔަމް ޖެނިފާ (އޭޑީރީޑް، ސ.ފޭދޫ) / (ޕަބްލިކް ހެލްތު ދާއިރާގެ ތަޖުރިބާކާރެއް)
  7. ފާތިމަތު އާފިޔާ ވަހީދު (ދަފްތަރު. ނަންބަރު ރސ 13524) / (ނާސިން ދާއިރާގެ ތަޖުރިބާކާރެއް)
  8. މޫސާ ކަލީމް ޤާސިމް (ރިހާބު، އދ.މަހިބަދޫ) / (ހުޅުމާލެ ހޮސްޕިޓަލްގެ އިސް މުވައްޒަފެއް)
  9. މުހައްމަދު މަބްރޫކް (ހިކިފިނިފެންމާގެ، އއ.ތޮއްޑޫ) / (ވިލިމާލެ ހޮސްޕިޓަލްގެ ޑެޕިއުޓީ ސީ.އީ.އޯ)
  10. އާލިމް ޝަކީލް (ސިޔާމާމަންޒިލް، އއ.ފެރިދޫ) /(ވިލިމާލެ ހޮސްޕިޓަލްގެ އިސް މުވައްޒަފެއް)
  11. ތަސްލީމާ (ގ.ދޮންބަގީޗާގެ)  / (މިނިސްޓްރީ އޮފް ހެލްތު، ފެމިލީ އެންޑް ވެލްފެއާގެ ރެޕްރެޒެންޓޭޓިވް)
  12. އާދަމް ބަދުރުﷲ (ކަރަންކާވިލާ، ށ.މާއުނގޫދޫ)  /  (މިނިސްޓްރީ އޮފް ފިނޭންސްގެ ރެޕްރެޒެންޓޭޓިވް)
  13. ނާޒިމާ އަލީ   (މޫންފްލެޓް، ހދ.ކުޅުދުއްފުށި) /(ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލްގެ ސީ.އީ.އޯ)
  14. އަހްމަދު އަދީލް ނަސީރު (ސްޓާރްސް، ސ.ހިތަދޫ) / (އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލްގެ ސީ.އީ.އޯ) 
  15. ހުސައިން އާސިފް (ވައިލެޓްވިލާ، ރ.އުނގޫފާރު) / (އުނގޫފާރު ރީޖަނަލް ހޮސްޕިޓަލްގެ ޑެޕިއުޓީ ސީ.އީ.އޯ) 
  16. އަހްމަދު އަޝްރަފް (ސޯސަންގެ، ގދ.ތިނަދޫ) / (ޑރ. ޢަބްދުއްޞަމަދު މެމޯރިއަލް ހޮސްޕިޓަލްގެ ސީ.އީ.އޯ)
  17. އަބްދުލްހަންނާން އަބްދުއްރަހީމް (މުކުރިމަގު. ވައިނުޖެހޭގެ، ލ.ގަން) / (ގަން ރީޖަނަލް ހޮސްޕިޓަލްގެ ސީ.އީ.އޯ) 
  18. ފަތުހުﷲ ނަސީމް (އެވިސީނާ، ސ.މީދޫ) / (ފުވައްމުލަކު ހޮސްޕިޓަލު ހިންގެވުމާ ހަވާލުވެހުންނެވި އިސްވެރިޔާ)

ރައީސް މުއިއްޒު މިދިޔަ ހަފުތާގައި ވިދާޅުވެފައި ވަނީ އެ ބަދަލު ގެންނަން ނިންމެވީ ސިއްހީ ދާއިރާގެ ހިންގުން ހަރުދަނާކޮށް، ހިދުމަތުގެ ފެންވަރު މަތިކޮށް އަދި ހަރަދުތައް ކުޑަ އުސޫލަކުން ކަންކަން ކުރުމަށް ކަމަށެވެ.

އެ ބަދަލާއެކު، ސިއްހީ ދާއިރާގައި ހުރި ތަކުރާރުވުންތައް ނައްތާލައި، ހިންގުމުގެ ހަރުދަނާކަން އިތުރުވާނެ ކަމަށާއި އަދި އާ ގްރޫޕުގެ ދަށުން، ސަރުކާރުގެ ހުރިހާ ޓާޝަރީ ހޮސްޕިޓަލްތަކާއި ޓާޝަރީ ފެންވަރަށް ތަރައްގީ ކުރަމުންދާ ސަރުކާރުގެ ހޮސްޕިޓަލުތައް އެއް ވިއުގައަކުން ގުޅާލެވޭނެ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

  

  

  

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް