މި ބޯޓަކީ "ނިލާ ކޮރަލްސް" އާ ގުޅިގެން މޯލްޑިވިއަނުން ފަށާ ލަގްޒަރީ އުދުހުންތަކަށް ގެނައި ބޯޓެކެވެ.
މިއަދު މި މަތިންދާބޯޓު ގެނައުމަށް ބޭއްވި ރަސްމިއްޔާތުގައި ގައުމީ އެއާލައިނުގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރ އަލީ ސަލީމު ވިދާޅުވީ ރާއްޖޭގެ އިގުތިސާދުގެ އެންމެ މުހިއްމު ތަނބަކީ ފަތުރުވެރިކަންކަމަށްވާއިރު މަތީ ފަންތީގެ ގިނަ އަދަދެއްގެ ރިސޯޓުތައް ރާއްޖޭގައި ހުރުމާއެކު، އެތަންތަނަށް އަންނަ ފަތުރުވެރިން އެންމެ ބޮޑަށް އެދޭ އެއްކަމަކީ ރޭގަނޑު ރިސޯޓުތަކަށް ވާސިލުވެވޭނެ ކޮންމެވެސް ގޮތެއް ފަހިވުން ކަމަށެވެ.
ސަލީމް ހާމަކުރި ގޮތުގައި، ކުރިއަށް އޮތް ދެތިން މަސްދުވަހުގެ ތެރޭގައި އެ އެއާލައިންގެ އޮންލައިން ޕްލެޓްފޯމް މެދުވެރިކޮށް ޓިކެޓް ނަގާއިރު، މި ބޯޓުގެ ހިދުމަތް ހިމެނޭހެން ހުރިހާ ޕްރޮޑަކްޓަކަށް އެދުމުގެ ފުރުސަތު އާންމުކޮށް ހުޅުވިގެންދާނެ އެވެ.
އެ މަތިންދާބޯޓުގެ ހިދުމަތަކީ ރާއްޖޭގެ ހުރިހާ ވިޔަފާރިތަކަށް އަދި އަމިއްލަ ފަރުދުންނާއި ޖަމްއިއްޔާ ޖަމާއަތްތަކަށްވެސް ބޭނުކުރެވޭނެ ހިދުމަތެއް ކަމުގައި ސަލީމު ވިދާޅުވި އެވެ. އެގޮތުން ޕްރައިވެޓް ޗާޓާ ހިދުމަތް މޯލްޑިވިއަންއިން ފޯރުކޮށްދޭނެ ކަމުގައި ގައުމީ އެއާލައިނުން ބުނެފައިވެ އެވެ.
ކިންގް-އެއާ 360 މަތިންދާބޯޓަކީ ޓެކްސްޓްރަން އޭވިއޭޝަނުން އުފައްދާ، ބިޒްނަސް ފަންތީގެ މަތިންދާބޯޓެކެވެ. އެ މަތިންދާބޯޓަކީ މަތީ ފަންތީގެ ހިދުމަތް ފޯރުކޮށްދިނުމަށް ބޭނުންކުރާ މަތިންދާބޯޓެކެވެ.