ads
ޒުވާން ވިޔަފާރިވެރިންނަށް ދޭ އެއް ބިލިއަން ރުފިޔާގެ ލޯން ސްކީމަށް އެދެން ވަނީ ފުރުސަތު ހުޅުވާލާފައި
ޒުވާން ވިޔަފާރިވެރިންނަށް ދޭ 1 ބިލިއަން ރުފިޔާގެ ލޯން ސްކީމަށް އެދެން ހުޅުވާލައިފި
ޒުވާން ވިޔަފާރިވެރިންނަށް ދޭ އެއް ބިލިއަން ރުފިޔާގެ ލޯން ސްކީމަށް އެދެން ހުޅުވާލައިފި އެވެ.
Advertisement

އުމުރުން 18-30 އަހަރާ ދެމެދުގެ ޒުވާނުން ވިޔަފާރިތައް ފެށުމަށާއި ފަށާފައި ހުރި ވިޔަފާރިތައް ފުޅާ ކުރުމަށްޓަކައި ހާއްސަކޮށްގެ ލޯނު ދޫކުރަން ފެށީ މިިިޔަ ޖުލައި މަހުގެ 15 ވަނަ ދުވަހު އެވެ. އެ ލޯނު ސްކީމަކީ ޖުމްލަ އެއް ބިލިއަން ރުފިޔާގެ ލޯނު ސްކީމެކެވެ. އެ ގޮތުން އެސްއެމްއީ ޑިޖިޓަލް މެދުވެރިކޮށް އެ ސްކީމުން 150،000 ރުފިޔާއާ ހަމައަށް ލޯނު ލިބޭނެ އިންތިޒާމު ވަނީ ހަމަޖައްސާފަ އެވެ.

އިކޮނޮމިކް މިނިސްޓްރީން ބުނީ މި ލޯން ސްކީމްގެ ދެވަނަ ބުރަށް ކުރިމަތިލުމަށް މިއަދުން ފެށިގެން ހުޅުވާލާފައިވާކަަމަށެވެ. މި ލޯނަށް ބީއެމްއެލްގެ ސްވައިޕް މެދުވެރިކޮށް އެދި ހުށައެޅޭނީ އެސްއެމްއީ ޑިޖިޓަލް ޕޯޓަލްގައިވާ މާލީ ހޭލުންތެރިކަމުގެ ޕްރޮގްރާމް ފުރިހަމަ ކުރުމަށްފަހުކަމަށް އިކޮނޮމިކް މިނިސްޓްރީން ބުނެ އެވެ.  

"މޯލްޑިވްސް އެކްސްޕޯ 2026"  ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ރައީސް މުއިއްޒު ވިދާޅުވީ ޒުވާން ވިޔަފާރިވެރިން ކުދި އަދި މެދުފަންތީގެ އަދި އެމްއެސްއެމްއީ ސެކްޓާގައި އެކި ކަހަލަގެ ވިޔަފާރިތައް ފެށުމާއި ފަށާފައި ހުރި ވިޔަފާރިތައް ފުޅާކުރުމަށްޓަކައި ހާއްސަކުރެވިގެން ފެށި ސްކީމްގައި ޔޫތު އެންޓްރަޕްރިނާޝިޕް ފައިނޭންސިން ސްކީމްގައިއޭގެ ފުރަތަމަ ފިޔަވަހި ނިމުނުއިރު، 3000 އަށް ވުރެ ގިނަ ވިޔަފާރިތަކަށް މިވަނީ 300 މިލިޔަނަށް ވުރެ ގިނަ ރުފިޔާގެ ލޯނު ދެވިފައިވާކަމަށެވެ.  

50%
ކަމުގޮސްފި
25%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
25%
ވަރަށް ސަލާމް
ކޮމެންޓްސް