އެނގިފައިވާ ގޮތުގައި ރިލްވާން އަވަހާރަވީ މީގެ ހައެއްކަ މަސް ކުރިން ސްޓްރޯކެއް ޖެހި، އެކަމުގެ ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށެވެ.
ރިލްވާން ވަނީ ސަރުކާރުގެ އިސް މަގާމުތަކެއް ފުރުއްވާފަ އެވެ. އެގޮތުން ފިނޭންސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަމަާއި އެ މިނިސްޓްރީ ޑެޕިއުޓީ މިނިސްޓަރުގެ މަގާމުވެސް ވަނީ ފފުރުއްވާފައެވެ. އޭގެ އިތުރުން ޓެލެކޮމިއުނިކޭޝަން އޮތޯރިޓީގެ ޑިރެކްޓަރުކަންވެސް ވަނީ އަދާކުރައްވާފައެވެ.
މީގެއިތުރުން ދިރާގުގެ ޗެއާމަންެ މަގާމާއި މޯލްޑިވްސް ސްޓޮޮކް އެކްސްޗޭންޖުގެ ޑިރެކްޓަރުގެ މަގާމުވެސް ރިލްވާން ވަނީ ފުރުއްވާފައެވެ.
ގިނަ ދުވަސްތަކެއް ވަނަދެން ސަރުކާރުގައި ހިދުމަތް ކުރެއްވުމަށްފަހު ރިލްވާން ޝަރީފް ވަނީ ވިލާ އެއާގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުވެސް އަދާކުރައްވާފަ އެވެ.
ރިލްވާން ޝަރީފް ވަނީ މެލްބަންގެ އާރުއެމްއައިޓީ ޔުނިވާސިޓީއިން މާސްޓާސް އޮފް ބިޒްނަސް އެޑްމިނިސްޓްރޭޝަން އިން އިންޓަނޭޝަނަލް ބިޒްނަސް/މެނޭޖްމަންޓު ދާއިރާއިން މަތީ ތައުލީމު ހާސިލުކުރައްވާފައެވެ.