ads
ސްކޭމްކޮށްގެން މީހެއްގެ އެކައުންޓޫން 3 ލައްކައަށް ވުރެ ގިނަ ރުފިޔާ ފޭރިގަންކަމަށް ތުހުމަތުކުރެވޭ މީހުން
ސްކޭމްކޮށްގެން މީހެއްގެ އެކައުންޓުން 3 ލައްކަށްވުރެ ގިނަ ރުފިޔާ ފޭރުނު ބަޔަކު އަތުލައިގެންފި
ސްކޭމްކޮށްގެން މީހެއްގެ އެކައުންޓުން 3 ލައްކަށްވުރެ ގިނަ ރުފިޔާ ފޭރުނު ބަޔަކު އަތުލައިގެންފި އެވެ.
Advertisement

ފުލުހުން ބުނީ މި މައްސަލަ އާއި ގުޅިގެން ހަތަރު މީހަކު ހައްޔަރުކޮށްފައިވާކަމަށެވެ.

 މިިދިޔަ 24 ވަނަ ދުވަހު ކާކުކަން ނޭނގޭ ފަރާތަކުން، މީހަކަށް ގުޅައިގެން އޯޓީޕީ ކޯޑު ހޯދައި، އެ ކޯޑު ބޭނުންކޮށްގެން ބެންކު އެކްސެސް ހޯދައި، މީހެއްގެ އެކައުންޓުން 63,000 ރުފިޔާއާއި، 21,000  ޑޮލަރު މަކަރާއި ހީލަތުން ފޭރުނު މައްސަލަ ރިޕޯޓްކޮށްފައިވާކަމަށް ފުލުހުން ބުނެ އެވެ. 

މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ޏ. ފުވައްމުލައް / ދޫޑިގަން. ގޯލްޑަންގޭޓް، އިބްރާހީމް ޝާރިފް (34އ) އާއި ފ. ފީއަލި / މަތަރެސްމާގެ، ޖިނާޙު އަހްމަދު (29އ) އާއި ފ. ނިލަންދޫ / ނަޒުމު، އިބްރާހީމް މުއާޒު (38އ) އަދި ލ. ގަން / މަތިމަރަދޫ. ލިލީނައިޓް، އަލީ ދާއިން (21އ) އެވެ. 

މި މީހުންގެ ތެރެއިން ތިން މީހުން ހައްޔަރުކޮށްފައިވަނީ އޮކްޓޫބަރު 28 ވަނަ ދުވަހުކަމަށާއި އަނެއް މީހާ ހައްޔަރުކޮށްފައިވަނީ ޖެހިގެން އައި ދުވަހުކަމަށް ފުލުހުން ބުނެ އެވެ.

 މި މައްސަލައާ ގުޅިގެން ހައްޔަރުކުރި މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ޖިނާހު އަހްމަދު 10 ދުވަހަށް އަދި ދެންތިބި ތިން މީހުން ވެސް 15 ދުވަހަށް ބަންދުކުރުމަށް ކޯޓުން ވަނީ މުއްދަތު ޖަހާދީފަ އެވެ.  

މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގުކުރަމުންނެވެ.


0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް