ads
ކ. ފުށިދިއްގަރުފަޅުގައި ހިއްކަމުން އަންނަ ރަސްމާލޭގެ ފަރަށް މުދާ އުފުލާ ދޯންޏެއް އެރުން - ފޮޓޯ: ސޯޝަލް މީޑިއާ
ރަސްމާލެ ފަރަށް ދޯންޏެއް އަރައިފި
އައްޑޫން މާލެއަށް ދަތުރުކުރަމުން ދިޔަ މުދާ އުފުލާ ދޯންޏެއް، މި ސަރުކާރުން ހިއްކަމުން އަންނަ ރަސްމާލޭގެ ފަރަށް އަރައިފިއެވެ.
Advertisement

ފުލުހުން ބުނީ މި ހާދިސާ ހިނގިއިރު ދޯނީގައި ދިވެހި ކެޕްޓަނަކާއި ތިން ބިދޭސީން ތިބި ކަމަށެވެ، މި ހާދިސާގައި އެއިން ރު، އޭގެއިން އެއްވެސް މީހަކަށް އަނިޔާއެއް ނުވެ އެވެ.

ދޯނި ފަރަށް އެރި ހާދިސާގެ މައުލޫމާތު ލިބުމާއެކު ފުލުހުންނާއި އެމްއެންޑީއެފް ކޯސްޓްގާޑުން ހަރަކާތްތެރިވެފައިވަމުން އަންނަ ކަމަށް ފުލުހުން ބުންޏެވެ. އެގޮތުން ރަސްމާލެއިން ދިޔަ އުޅަނދަކަށް ދޯނީގައި ތިބި ހަތަރު މީހުން ނަގައި، ކޯސްޓްގާޑުގެ ހާބާ ޕެޓްރޯލް ލޯންޗު އެ ސަރަހައްދުގައި ހަރަކާތްތެރިވި އެހެން އުޅަނދަކަށް ގެންގޮސް ދީފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.

ދޯނި ފުންކުރުމުގެ މަސައްކަތް ކުރަމުން އަންނަ އިރު، މި ހާދިސާ ހިނގަން މެދުވެރިވި ވާ ގޮތް ފުލުހުން އަންނަނީ ބަަލަމުންނެވެ.

މި ސަރުކާރުން ކުރިއަށް ގެންދާ އެންމެ ބޮޑު މަޝްރޫއަކީ ފުށިދިއްގަރުފަޅުގައި ރަސްމާލެ ހިއްކުމުގެ މަޝްރޫއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް