ads
ސާކް ސައިކޭޓްރިކް ފެޑެރޭޝަންގެ 16 ވަނަ ބައިނަލްއަޤްވާމީ ކޮންފަރެންސްގައި ފަސްޓް ލޭޑީ ސާޖިދާ ވާހަކަ ދެއްކެވުމުގެ ތެރެއިން
ނަފްސާނީ ފަރުވާ ހޯދުމަކީ ހިތްވަރުގަދަކަމެއް: މެޑަމް ސާޖިދާ
ނަފްސާނީ ފަރުވާ ހޯދުމަކީ ހިތްވަރުގަދަކަމެއްގެ ގޮތުގައި ބަލައިގަންނަ މުޖުތަމަޢެއް ބިނާކުރަން ޖެހޭ ކަމަށް ރައީސްގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު ވިދާޅުވެއްޖެ އެވެ.
Advertisement

އެކަމަނާ މިހެން ވިދާޅުވެފައިވަނީ ސާކް ސައިކޭޓްރިކް ފެޑެރޭޝަންގެ 16 ވަނަ ބައިނަލްއަގްވާމީ ކޮންފަރެންސް އިފްތިތާހްކުރުމަށް ބޭއްވި ރަސްމިއްޔާތު ވާހަކަ ދައްކަވަމުންނެވެ. 

ސާޖިދާ ވިދާޅުވީ ނަފްސާނީ ދުޅަހެޔޮކަމަކީ ހަމައެެކަނި ބޭސްފަރުވާއާ ގުޅުންހުރި ކަމެއް ނޫން ކަމަށާއި އެއީ އިންސާނާގެ ކަރާމަތާއި އިންސާނީ ގުޅުމާއި މިއަދާއި މާދަމާގެ ކުރިމަގަށް ގެންގުޅޭ އުއްމީދާ ގުޅުންހުރި ކަމެއް ކަމަށެވެ. 

އަދި ކޮންމެ ނަފްސާނީ ކަމެއްގެ ފަހަތުގައި އެތައް ވާހަކަތަކެެއްވާ ކަމަށާއި އެކަންކަން ދެނެގަނެ ދުޅަހެޔޮ މުޖުތަމަޢެއް ބިނާކުރުމަށް މުޖުތަމަޢުގެ ދައުރު މުހިންމުކަން އެކަމަނާ ފާހަގަކުރެއްވި އެވެ.

"އަޅުގަނޑުމެން މިކަން ބަދަލުކުރަން ޖެހޭ. ނަފްސާނީ ސިއްހަތަށް އެހީތެރިކަން ހޯދުމަކީ ނިކަމެތިކަމެއްގެ ބަދަލުގައި ހިތްވަރުގަދަ އަމަލެއްގެ ގޮތުގައި ބަލައިގަންނަ، ފާޑުކިޔުމުގެ ބަދަލުގައި ހަމްދަރުދީއަށް އިސްކަންދޭ، ތަފާތުކުރުމުގެ ބަދަލުގައި އެހީތެރިކަން އިސްކުރާ އަދި އެކަނިމާއެކަނި މި ވޭން ތަހައްމަލުކުރަން ނުޖެހޭ މުޖުތަމައުއެއް އަޅުގަނޑުމެން ބިނާކުރަން ޖެހޭ،" ފަސްޓް ލޭޑީ ވިދާޅުވި އެވެ.

ނަފްސާނީ ދުޅަހެޔޮކަމާ ގުޅުންހުރި ކަންކަން ހައްލުކުރުމަށް ހުރި ގޮންޖެހުންތައް ދެކުނު އޭޝިއާގެ ގައުމުތަކުގައި އެއްގޮތްކަން ފާހަގަކުރައްވައި ސައިކޭޓްރިކް ފެޑަރޭޝަންގެ ސަބަބުން ގައުމުތަކުގެ ތަޖުރިބާކާރުން ގުޅިގެން ގޮންޖެހުންތަކަށް ހައްލު ހޯދުމަށް މަސައްކަތް ކުރެވޭކަމަށް ސާދިޖާ ވިދާޅުވި އެވެ. 

އަދި އެ ފެޑަރޭޝަންގެ 16ވަނަ ކޮންފަރެންސްގެ ތެރެއިން ކުރެވޭ މަޝްވަރާތަކާއި ދިރާސާތަކުގެ އަލީގައި ކުރިއަށް އޮތްތަނުގައި ނަފްސާނީ ދުޅަހެޔޮކަމުގެ ދާއިރާ އިތުރަށް ތަރައްގީވާނެ ކަމަށް އުއްމީދުކުރައްވާ ކަމަށްވެސް ވިދާޅުވި އެވެ.

your imageދިވެހިރާއްޖޭގެ ގައުމީ ޔުނިވާސިޓީގައި ކުރިއަށް ގެންދާ ސާކް ސައިކިއޭޓްރިކް ފެޑަރޭޝަންގެ 16 ވަނަ އިންޓަނޭޝަނަލް ކޮންފަރެންސް ފެށުމުގެ ރަސްމިއްޔާތުގައި ފަސްޓް ލޭޑީ ސާޖިދާ މުހައްމަދު ބައިވެރިވެވަޑައިގަންނަވަނީ. - ފޮޓޯ: ރައީސް އޮފީސް

ސާޖިދާވަނީ ނަފްސާނީ ދުޅަހެޔޮކަމުގެ ދާއިރާގައި މަސައްކަތް ކުރާ ސިއްހީ ހިދުމަތްތެރިންނަށާއި އެ ދާއިރާއިން ހިދުމަތްތެރިން އުފައްދައި، ދިރާސާތައް ހެދުމަށް ގައުމީ ޔުނިވާސިޓީން ކުރައްވަމުން އަންނަ ކަންކަން ފާހަގަކުރައްވައި ޝުކުރުއަދާ ކުރައްވާފަ އެވެ.  

ސިއްހަތު ރަނގަޅު މުސްތަގުބަލެއް ބިނާކުރެވޭނީ ނަފްސާނީ ގޮތުން ދުޅަހެޔޮ ކުދިންތަކެއް ބިނާކުރެވިގެން ކަމަށް ސާޖިދާ ވިދާޅުވި އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް