ads
"ޔޫތު އޮންޓްރަޕްރިނަރޝިޕް ފައިނޭންސިން"ގެ ދެވަނަ ފިޔަވަހި އިފުތިތާހުކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން - ފޮޓޯ: ބީއެމްއެލް
ވިޔަފާރިވެރިންނަށް ފައިނޭންސް ދޭން ބީއެމްއެލްއިން ހިންގާ ޕްރޮގުރާމުގެ ދެވަނަ ބުރު އިފުތިތާހުކޮށްފި
ބޭންކް އޮފް މޯލްޑިވްސް އާއި އެސްއެމްއީ ޑިޖިޓަލް ގުޅިގެން ދިވެހި ޒުވާނުން ކުދި ވިޔަފާރިތައް ފަށަން ތައާރަފްކޮށްފައިވާ ޔޫތު އޮންޓްރަޕްރިނާޝިޕް ފައިނޭންސިންގެ ދެވަނަ ފިޔަވައްސަށް އެޕްލިކޭޝަން ހުށަހެޅުމުގެ ފުރުސަތު މިއަދު ހުޅުވާލައިފި އެވެ.
Advertisement

ބީއެމްއެލްއިން ބުނި ގޮތުގައި މި ފައިނޭންސިން ސްކީމަކީ ރާއްޖޭގެ ހުނަރުވެރި ޒުވާނުން ވިޔަފާރިކުރުމަށް ގެންގުޅޭ ބިނާކުރަނަވި ހިޔާލުތައް ހަގީގަތަކަށް ހެދުމަށް ބޭނުންވާ މާލީ އެހީތެރިކަން ލުއި ގޮތެއްގައި ހަމަޖައްސައިދިނުމުގެ މަގުސަދުގައި ހިންގާ ފައިނޭންސިން ސްކީމެކެެވެ. 

ޔޫތު އޮންޓްރަޕްރިނާޝިޕް ފައިނޭންސިން ހާއްސަކޮށްފައި ވަނީ 18 އަހަރާއި 30 އަހަރާ ދެމެދުގެ ޒުވާނުންނަށެވެ.

މި ފެސިލިޓީގެ ދަށުން، އެއްވެސް ހަރަދެއް އަމިއްލަ އަތުން ކުރަން ނުޖެހި އަދި އެއްވެސް ރަހުނަކާ ނުލައި 150،000ރ. އާ ހަމައަށް ފައިނޭންސިން ދޫކުރާނެ އެވެ. އަހަރަކަށް 7 ޕަސެންޓުގެ ފައިދާ ރޭޓެއްގައި ދޫކުރާ މި ފައިނޭންސިން އަނބުރާ ދައްކަން 6 މަހުގެ ގްރޭސް ޕީރިއަޑެއް ހިމެނޭހެން ޖުމްލަ 5 އަހަރުގެ މުއްދަތެއް ލިބޭނެ އެވެ.

"މިގޮތުން، އެސްއެމްއީ ޕޯޓަލް މެދުވެރިކޮށް މި ޕްރޮގްރާމް ނިންމުމުން، މި ފިޔަވައްސަށް ކަނޑައަޅާފައިވާ ޖުމްލަ ފައިނޭންސިންގެ އަދަދު ހަމަވަންދެން ބީއެމްއެލް ސްވައިޕް އެޕް ބޭނުންކޮށްގެން އެޕްލިކޭޝަން ހުށަހެޅުމުގެ ފުރުސަތު މިވަނީ ހުޅުވާލައިފަ،" ބީއެމްއެލްއިން ނެރުނު ނޫސް ބަޔާނުގައި ބުނެފައިވެ އެވެ.

އެސްއެމްއީ ޑިޖިޓަލްގެ ސީއީއޯ ބަދުރުއްދީން ހަސަން ވިދާޅުވި ގޮތުގައި މި ފައިނޭންސިން ސްކީމުގެ ފުރަތަމަ ފިޔަވައްސަށް އުންމީދުކުރި މިންވަރަށްވުރެ ބޮޑު ތަރުހީބެއް ލިބުނެވެ. އެއީ މިފަދަ މާލީ އެހީތެރިކަން ލިބުމަށް ޒުވާނުން ބޭނުންވެފައި ތިބި މިންވަރުގެ މައްޗަށް ދަލީލުކުރާ ކަމެއްކަން އޭނާ ފާހަގަކުރެއްވި އެވެ. 

ޒުވާނުންނަށް މާލީ އެހީތެރިކަން ލުއި ގޮތެއްގައި ފޯރުކޮށްދިނުމުގެ ބޭނުމުގައި ތައާރަފުކުރި މި ސްކީމުގެ ފުރަތަމަ ފިޔަވަހި ނިންމައިލިއިރު ރާއްޖޭގެ އެކި ކަންކޮޅުތަކުން 3،000 އެއްހައި ޒުވާނުންނަށް 300 މިލިއަން ރުފިޔާގެ ލޯނު އެ ފިޔަވަހީގައި ދޫކުރިކަމަށް ބީއެމްއެލްއިން ބުނެފައިވެ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް