އެ ކޮމިޝަނުން ބުނީ ހއ.ވަށަފަރު، ވ.ތިނަދޫ ، ސ.ހުޅުދޫ، މާލެ އަދި ހުޅުމާލޭގެ ވޯޓުލާ މަރުކަޒުތަކުގެ އޮފިޝަލުންގެ ގޮތުގައި ހަރަކާތްތެރިވުމަށް ޝައުޤުވެރިވާ ފަރާތްތަކަށް ފުރުސަތު ހުޅޫވާލާފައިވާކަމަށެވެ.
ލިބޭ އެލަވަންްސް
އީސީން ބުނީ އޮފިޝަލުންގެ ގޮތުގައި ހަރަކާތްތެރިވާން ޝައުޤުވެރިވާ ފަރާތްތަކުން މިމަހުގެ 08 ވާ އާދިއްތަ ދުވަހުގެ 14:00 ގެ ކުރިން އެޕްލިކޭޝަން ހުށައެޅުމުގެ ފުރުސަތު ހުޅުވާލާފައިވާކަމަށެވެ. އަދި ބޭނުންވާ ޢަދަދަށް މަސައްކަތަށް އެކަށޭނަ މީހުން ނުލިބޭނަމަ، އޮފިޝަލުން ހަމަވަންދެން ފޯމް ބަލައިގަންނާނެކަމަށް އީސީން ބުނެ އެވެ.