އޮލިމްޕަސް ޓިކެޓް ކައުންޓަރ ގެ އިތުރުން، އޮންލައިންކޮށް މި ފިލްމްގެ ޓިކެޓް ބައްލަވައިގަނެވެއެވެ. ދިވެހި ފިލްމީ ދާއިރާއަށް ލޯބިކުރާ ފަރާތްތަކުން އެންމެ ކެތްމަދުވެފައިވާ މި ފިލްމްގެ ޓިކެޓް ވެބްސައިޓް މެދުވެރިކޮށް މިހާރު ލިބިވަޑައިގަންނަވާނެ އެވެ.
މި ފިލްމަކީ ގިނަ ބަޔަކު އިންތިޒާރު ކުރަމުން އަންނަ ބޮޑު ފިލްމެ ކެވެ. ސަބަބަކީ 25 އަހަރަށް ފަހު ދިވެހި ސިނަމާގެ ލެޖެންޑަރީ އެކްޓަރ ރީކޯ މޫސާ މަނިކުގެ މި ފިލްމްގެ ލީޑް ރޯލުން ފެނިގެން ދާތީ އެވެ.
މި ފިލްމުގެ ޓްރެއިލާ އޭނާގެ ހުނަރުވެރި އަދި އަސަރުގަދަ އެކްޓިން ވަރަށް ފުރިހަމައަށް ފެނިގެންދެ އެވެ.
އާއިލީ ގުޅުންތަކާއި ލޯބީގެ އުނދަގޫ އިހުސާސްތަކެއްގެ މައްޗަށް ބިނާކޮށްފައިވާ މި ފިލްމުގެ ވާހަކަ، ޓްރެއިލަރގެ ޒަރީއާއިން ބެލުންތެރިންނަށް ކޮންމެވެސް ވަރަކަށް ސިފަކޮށްދީފައިވެ އެވެ.
މިފިލްމުގައި މޫސަގެ އިތުރުން މަޝްހޫރު ތަރި، ޝީލާ ނަޖީބް، މަރިޔަމް ނިޝާ، ޝަމީލް އަދި ދަރާ ރަޝީދު ފެނިގެން ދާއިރު، މި ފިލްމުގައި ގެނެސްދެވިފައިވާ މި ވާހަކައަކީ އެހެން ދިވެހި ފިލްމް ތަކާއި ޚިލާފަށް ދިރިއުޅުމުގެ މެދު އުމުރުގައި ދިމާވާ މައްސަލަތަކަށް އަލިއަޅުވާލެވިގެން ހަދާފައިވާ ފިލްމެއްކަމަށް ބެލެވެއެވެ.
މި ފިލްމް ޚައްސާވާ އެތައް ކަމެއް ހުރި އިރު ފާހަގަ ކޮށްލަން ޖེހޭ އަނެއްކަމަކީ، 20 އަހަރުގެ މެދުކެނޑުމަކަށްފަހު ކުޅަދާނަ ޑައިރެކްޓަރު އީސާ ޝަރީފްގެ އެނބުރި އައުމެވެ. އެގޮތުން އީސަ ގެނެސްދޭ މި އުފެއްދުމުގެ މަންޒަރުތަކާއި ސިނަމެޓިކް ފެންވަރު ވަރަށް މަތިކަން ޓްރެއިލަރއިން ހާމަވެ އެވެ.
ފިލްމުގެ ޓްރެއިލަރ އާންމުކޮށް ޓިކެޓް ވިއްކަން ފެށުމާއެކު، ޓިކެޓަށް އޮތް ޑިމާންޑް ވަނީ ކުއްލިއަކަށް މައްޗަށް ގޮސްފައެވެ. އަދި ކުލަގަދަ އިވެންޓަކާއި އެކު މި ފިލްމު ރަސްމީކޮށް ޕްރިމިއަރ ކުރުމަށް ހަމަޖެހިފައިވަނީ 25 ނޮވެމްބަރ 2026 ގައެވެ.