ads
ރ އަތޮޅުގެ ކަރަންޓު ހިދުމަތާއި ސްޓެލްކޯއިން ހަވާލުވެއްޖެ
ރ އަތޮޅުގެ ކަރަންޓު ހިދުމަތާއި ސްޓެލްކޯއިން ހަވާލުވެއްޖެ
ސަރުކާރުގެގެ ނިންމެވުމާ އެއްގޮތަށް، ރ. އަތޮޅުގެ ރަށްތަކުގައި ފެނަކައިން ފޯރުކޮށްދެމުންދިޔަ ޔުޓިލިޓީ ހިދުމަތްތައް ދިނުމާ ސަރުކާރުގެ ކަރަންޓް ކުންފުނި -- ސްޓެލްކޯ އިން ރަސްމީކޮށް ހަވާލުވެެއް ހިދުމަތް ދޭން ފަށައިފި އެވެ.
Advertisement

ސްޓެލްކޯއިން "އެކްސް" ގައި ކުރި ޕޯސްޓެއްގައި ބުނީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ނިންމެވުމާ އެއްގޮތަށް، ރ. އަތޮޅުގެ ރަށްތަކުގައި ފެނަކައިން ފޯރުކޮށްދެމުންދިޔަ ޔުޓިލިޓީ ހިދުމަތްތައް ދިނުމާ ކުންފުނިން ރަސްމީކޮށް ހަވާލުވެ، ހިދުމަތް ދޭން ފަށާފައިވާ ކަމަށެވެ.

މި އަތޮޅުގައި ދެމުންދާ ހިދުމަތްތަކުގެ ފެންވަރު ކުންފުނީގެ މިންގަނޑުތަކަށް ފެއްތުމުގެ މަސައްކަތް ހިދުމަތާ ހަވާލުވި ދުވަހުން ފެށިގެން ކުރެވެމުންދާ ކަމަށް ސްޓެލްކޯ އިން ބުންޏެވެ.

ސްޓެލްކޯއިން އައްޑޫ ސިޓީގެ ކަރަންޓް ހިދުމަތާއި ހަވާލުވެފައި މިވަނީ ފެނަކަ އުވާލާ އެ ކުންފުނިން ކުރަމުން އައި ކަރަންޓްގެ މަސައްކަތްތައް ސްޓެލްކޯއަށް ހަވާލުކުރަން މިމަހުގެ 7 ވަނަ ދުވަބު ނިންމެވުމާއި ގުޅިގެންނެވެ. އެ ނިންމުމާއި އެކު ރާއްޖޭގެ ހުރިހާ ރަށެއްގައިވެސް ކަރަންޓްގެ ހިދުމަތް ދޭނީ ސްޓެލްކޯއިން ކަމަށެވެ.  

ސްޓެލްކޯއިން މިހާރު މަސައްކަތް ކުރަމުން ދަނީ، ފެނަކައިން ކުރިން އަސާސީ ހިދުމަތްތައް ދެމުން އައި ރަށްތަކުގެ ތެރެއިން މިހާތަނަށް ހަވާލުނުވެވި ހުރި ރަށްތަކުގެ އޮޕަރޭޝަންތަކާ ވެސް ވީއެންމެ އަވަހަކަށް ހަވާލުވެ، މަސައްކަތްތައް އެއްކޮށް ނިންމާލުމަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް