އެ ކޮމިޝަނުން ބުނީ އިދިކޮޅު އެމްޑީޕީން އިންތިހާބުގައި ވާދަކުރަނީ ޝުޖާއު އަލީ ކަމަށެވެ. އަދި ވެރިކަންކުރާ ޕީއެންސީގެ ފަރާތުން ވާދަކުރަނީ އަހްމަދު އަމަން މުހައްމަދު ކަމަށެވެ.
މި އިންތިހާބުގައި ވާދަކުރާ ޝުޖާއު އަލީ އަކީ ކުރިންވެސް އެމަގާމުގައި ހުންނެވި ބޭފުޅާއެވެ. ސުޖާއު އަލީ، މި ހިނގާ ދައުރުގެ ތެރޭގައި ޕާޓީ ބަދަލުކުރި ކަމަށް ބުނެ، އޭނާގެ ގޮނޑި ގެއްލިފައިވާކަމަށް ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) އިން ކަނޑައެޅީ މިދިޔަ ޖުލައިމަހުގެ 3 ވަނަ ދުވަހު އެވެ.
ޝުޖާއު ތިނަދޫ ކައުސިލަށް އިންތިހާބުވެވަޑައިގަތީ ދަ ޑިމޮކްރެޓްސްގެ ޓިކެޓެއްގަ އެވެ. އެހެންނަމަވެސް ސިޔާސީ ޕާޓީއެއްގައި ތިބުން ލާޒިމުވާ 3000 މެމްބަރުން ހަމަނުވާތީ އިލެކްޝަންސް ކޮމިޝަނުން ވަނީ އެ ޕާޓީ އުވާލުމުން ޝުޖާއު ވަނީ އެމްޑީޕީ ގުޅިވަޑައިގެންފައެވެ.
ވ. ތިނަދޫ ކައުންސިލުގެ ރައީސް ބައި-އިލެކްޝަން، އަންނާނީ އަންނަމަހުގެ 28 ވާ ހޮނިހިރު ދުވަހު ބާއްވާގޮތަށް ނިންމާފައެވެ.