އެޗްޕީއެސްޓީއޭއާރް (HPSTAR) ގެ ސައިންސްވެރިން ކުރި ދިރާސާތަކުން އެނގުނު ގޮތުގައި، ދުނިޔޭގެ އެންމެ ފުންމިނުގައިވާ މެގްމާއަށް އާދަޔާހިލާފު ބޮޑު މިންވަރަކަށް އޮކްސިޖަން އޭގެ ތެރޭގައި ރައްކާކޮށްގެން ބެހެއްޓުމުގެ ގާބިލުކަން ލިބިގެންވެ އެވެ.
ސައިންސްވެރިން މި ހޯދުން ހޯދާފައިވަނީ މަތީ ފިއްތުންތައް ނުވަތަ ހައި-ޕްރެޝަރ ބޭނުންކޮށްގެން ކުރިއަށްގެންދިޔަ ސައިންޓިފިކް ތަޖުރިބާތަކުގެ އެހީގައެވެ. މި ހައި-ޕްރެޝަރ ތަޖުރިބާތަކުން ދައްކާ ގޮތުގައި، އެވޭލާ ޒަމާނުގައި ދުނިޔޭގައި ހިނގާފައިވާ އަލިފާންފަރުބަދަތަކުގެ ގޮވުންތަކުގެ ސަބަބުން ދުނިޔޭގެ ފުން އަޑީގައި ރައްކާވެފައިވި އޮކްސިޖަން ވަނީ ބޭރުވެފައެވެ.
އަދި އަލިފާންފަރުބަދަތަކުގެ ގޮވުންތަކުގެ ސަބަބުން ދުނިޔޭގެ ފުންމިނުން ބޭރުވި މި އޮކްސިޖަންގެ ސަބަބުން، ދުނިޔޭގެ ނޭވާލެވޭ ފަދަ ޖައްވު އުފެދި ބިނާވުމަށް ބޮޑު އެހީތެރިކަމެއް ލިބިގެންދިޔައެވެ. އެޗްޕީއެސްޓީއޭއާރް ގެ ސައިންސްވެރިންގެ މި ދިރާސާއަކީ ދުނިޔޭގެ އަޑީގައިވާ އޮކްސިޖަންގެ މިންވަރާއި ޖައްވު އުފެދުމާ ހުރި ގުޅުން ހާމަކޮށްދިން މުހިންމު ހޯދުމެކެވެ.