ads
ކުރީގެ ރައީސް ޔާމީން
ފުއްގިރި މައްސަލައިގެ ހުކުމް ފަސްކޮށްފައި ވަނިކޮށް، ރައީސް ޔާމީން ހައިކޯޓަށް
ރ. ފުއްގިރި ކުއްޔަށް ދޫކުރުމުގައި ރިޝްވަތު ހިފުމާއި މަނީ ލޯންޑްރިންގ ހިންގި ކަމަށް ބުނެ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ މައްޗަށް ދައުލަތުން އުފުލާފައިވާ ދައުވާތަކުގެ ޙުކުމް އިއްވުން ފަސްކޮށްފައި ވަނިކޮށް، ރިޝްވަތާ ގުޅޭ އެހެން މައްސަލައެއްގެ ބައެއް ނިންމުންތައް އެމަނިކުފާނުގެ ފަރާތްޕުޅުން ހައިކޯޓުގައި އިސްތިއުނާފު ކުރައްވައިފި އެވެ.
Advertisement

ހައިކޯޓުގެ ރަޖިސްޓްރީން ދައްކާ ގޮތުގައި މި މައްސަލަ ހުށަހަޅާފައިވަނީ ބުދަ ދުވަހު އެވެ. އެއީ ފުއްގިރި މައްސަލައިގެ ޙުކުމް އިއްވުން ކުރިމިނަލް ކޯޓުގައި ތާވަލުކުރުމަށްފަހު ފަސްކުރި ދުވަހެވެ. ނަމަވެސް އިސްތިއުނާފަށް ހުށަހެޅުއްވީ ސީދާ ކޮން ކަންތައްތަކެއް ކަން އަދި ސާފުނުވާއިރު، އެ މައްސަލަތައް ބަލައިގަތުމާމެދު ހައިކޯޓުން އަދި ގޮތެއް ނުނިންމަ އެވެ.

ފުއްގިރި މައްސަލަ ޙުކުމާ ހަމައަށް ގޮސްފައިވާއިރު، ވ. އާރަށުގެ ހިޔާނާތުގެ މައްސަލައިގެ ޝަރީއަތް ވެސް ކްރިމިނަލް ކޯޓުގައި ދަނީ ހިނގަމުންނެވެ. އެ މައްސަލައިގައި ދައުލަތުން ހެކީންގެ ގޮތުގައި ހުށަހަޅާފައިވާ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބާއި، އެމްއެމްޕީއާރްސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރ އަބްދުﷲ ޒިޔަތުގެ ހެކިބަސް ބަލައިނުގަތުމަށް ޝަރީއަތުގެ ކުރިން ޔާމީންގެ ފަރާތްޕުޅުން އެދިވަޑައިގެންނެވި އެވެ. އެއީ އަލަށް ޢަމަލުކުރަން ފެށި ހެއްކާބެހޭ ޤާނޫނުގެ ދަށުން، ތެދުވެރިކަމާމެދު ސުވާލު އުފެދޭ ފަރާތްތަކުގެ ހެކިބަސް ބަލައިނުގަނެވޭނެ ކަމަށް ބަޔާންކޮށްފައިވާތީ އެވެ.

ނަމަވެސް، ޔާމީންގެ ފަރާތްޕުޅުން ހުށަހެޅި ދިފާއީ ހެކިތަކާއެކު، އަދީބާއި ޒިޔަތުގެ ހެކިބަސް ވެސް ބަލައިގަތުމަށް ކްރިމިނަލް ކޯޓުން ވަނީ ނިންމާފަ އެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް