މޯލްޑިވިއަންއިން މިރޭ ނެރުނު ނޫސްބަޔާނެއްގައި ބުނީ މެދުއިރުމަތީގެ ހަމަނުޖެހުންތަކާ ގުޅިގެން ސައުދީ އަރަބިއްޔާ ހިމެނޭ ސަރަހައްދުގެ ސަލާމަތީ ކަންކަން ވަރަށް ގާތުން ބަލަމުންދާ ކަމަށެވެ.
ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި އެ ސަރަހައްދުގެ މަސްރަހު ވަރަށް ބޮޑަށް ގޯސްވެފައިވާ ކަމަށާއި އަދި މިހާރު އޮތް ހާލަތަކީ ފަސިންޖަރުންގެ ސަލާމަތާއި ރައްކާތެރިކަމަށް ބުރޫއަރާފާނެ ފަދަ ނުރައްކާތެރި ހާލަތެއް ކަމަށް ލަފާކުރެވޭ ކަމަށް ވެސް މޯލްޑިވިއަން އިން ބުންޏެވެ.
އަދި ބުނީ ފަސިންޖަރުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަކީ އަބަދުވެސް ވަރަށް ބޮޑު އަހަންމިއްޔަތުކަމެއްދޭ ކަމެއް ކަމުން މި ދަތުރުގައި ބައިވެރިވާ ފަސިންޖަރުން ބޭނުންވާ އެހީތެރިކަން ދެ މުއައްސަސާއިންވެސް ފޯރުކޮށްދޭނެ ކަމަށެވެ. އަދި މަސްރަހު ހަމައަކަށް އެޅި، ދަތުރުކުރުމުގެ ރައްކާތެރިކަން ކަށަވަރުވުމުން، ދަތުރު ކުރާނެ އާ ތާރީހެއް ފަސިންޖަރުންނަށް އަންގާނެ ކަމަށްވެސް ބުނެފައިވެ އެވެ.
މި ފަހަކަށް އައިސް ހޫތީ ހަނގުރާމަވެރިންގެ ފަރާތުން، ސައުދީގެ އެކި ސަރަހައްދުތަކަށް ދޭ ހަމަލާތައް ވަނީ އިތުރުވެފައެވެ. އެންމެ ގިނައިން ހަމަލާތައް އަމާޒުވާ އެއް އެއާޕޯޓަކީ ސައުދީގެ ވެރިރަށް ރިޔާޟްގައި ހުންނަ ކިންގް ހާލިދު އިންޓަނޭޝަނަލް އެއާޕޯޓަށެވެ. ކިންގް ހާލިދު އިންޓަނޭޝަނަލް އެއާޕޯޓު މި މަހުގެ ކުރީކޮޅު ބަންދު ކުރުމަށް ފަހު، އަލުން ހުޅުވި ނަމަވެސް ބައިނަލްއަގުވާމީ ދަތުރުތަކަށް ވަނީ ވަރަށް ބޮޑަށް ބުރޫ އަރައިފަ އެވެ.