ads
ތުލުސްދޫ ކައިރިން 2 ލޯންޗު ޖެހި ހިނގި ނުރައްކާތެރި އެކްސިޑެންޓުގެ ތެރެއިން.
ތުލުސްދޫ ކައިރިން ދެ ލޯންޗު ޖެހި އެކްސިޑެންޓެއް، ދެ މީހަކަށް އަނިޔާވެއްޖެ
ދެ ލޯންޗެއް ޖެހި ކަނޑުމަތީ ނުރައްކާތެރި އެކްސިޑެންޓެއް ހިނގާ ބަޔަކަށް އަނިޔާވެއްޖެ އެވެ.
Advertisement

ފުލުހުން ބުނީ މި އެކްސިޑެންޓްގެ ރިޕޯޓް ލިބުނީ މިރޭ 7:55 ހާއިރު ކަމަށެވެ. އެކްސިޑެންޓްވީ ކ. ތުލުސްދޫ ކަނޑުއޮޅިކައިރީން ދެ ލޯންޗެއް ޖެހިންނެވެ.

އަދި ބުނީ މި އެކްސިޑެންޓްގައި ފަސް މީހަކަށް އަނިޔާވި އެވެ. ނަމަވެސް އެ ދެ މީހުންނަށް ލިބުނު އަނިޔާގެ ތަފްސީލެއް ނުދެ އެވެ.

މި ހާދިސާއާ ގުޅިގެން ފުލުހުންގެ ތަރުޖަމާނު ވިދާޅުވީ އަނިޔާވި ދެމީހުންގެ ތެރެއިން އެކަކުގެ ފައި ބިންދައިގެން ގޮސްފައިވާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ.

ނަމަވެސް މި ހާދިސާއާ ގުޅޭ އިތުރު ތަފްސީލެއް ނުލިބެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް