އޭނަ މަރުވެފައިވަނީ ހާޓް އެޓޭކެއް ޖެހިގެންކަމަށް މައުލޫމާތު ލިބެ އެވެ.
އޭނާ ވަނީ ސީއައިޑީގެ އިތުރުން އަދި ވެސް މަސްހޫރު އެތަށް ޓީވީ ސޯތަކެއް އުފައްދާފަ އެވެ.
އެގޮތުން ބިރުވެރި ސޯ ކަމަށްވާ އާހަތު އަދި އެކްޝަން ސޯ ސުޕާ ކޮޕް ވީއެސް ސުޕާ ވިލަންވެސް އެއީ ފާހަގަ ކޮށްލެވޭ މުހިންމު ދެ ސޯ އެވެ.
އޭނާ ނިޔާވީ އޭނާގެ އުމުރުން 77 އަހަރުގައި މުމްބައީގައި އެވެ.
އޭނާ ވަނީ އިންޑިއަން ފިލްމް އެންޑް ޓެލެވިޒަން އެސޯސިއޭޝަންގެ ޗެއާމަންގެ މަގާމުވެސް 2018 ފެށިގެން 2020 ވަނަ އަހަރާއި ހަމަޔަށް އަދާކޮށްފައި އެވެ.
އޭނާ ނިޔާވުމާއި ގުޅިގެން އޭނާ އާއި އެކުގައި މަސައްކަތްކޮށްފައިވާ އެކި ތަރިންވަނީ އެކަމާއި ހިތާމަ ފާޅުކޮށް ސޯޝަލް މީޑިޔާގައި ޕޯސްޓްތަކެއް ކޮށްފައި އެވެ.
އެ ގޮތުން ސީއައިޑީ ގައި ދަޔާގެ ރޯލުން ފެނިގެންދިޔަ ތަރި އަދި އޭސީޕީ ޕަރްޖުމަންގެ ރޯލުންފެނިގެން ދިޔަ ތަރިވެސް ފާހަގަ ކޮށްލެވެ އެވެ.