ads
ފަތުރުވެރިން މާލޭގައި: ކްރޫޒްލައިނާތަކުން ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު ވަނީ ދެ ގުނަ ވެފައި - ފޮޓޯ/ ސަން
މިއަހަރުގެ މިހާތަނަށް ރާއްޖެއަށް 1.7 މިލިއަން ފަތުރުވެރިން ޒިޔާރަތް ކޮށްފި
މިއަހަރުގެ މިހާތަނަށް ރާއްޖެއަށް 1.7 މިލިއަން ފަތުރުވެރިން ޒިޔާރަތް ކޮށްފިކަމަށް ޓުއަރިޒަމް މިނިސްޓުރީން ނެރުން ތަފާސް ހިސާބުތަކުން ދައްކައިފި އެވެ.
Advertisement

މީގެތެރެއިން 1.2 މިލިއަން ފަތުރުވެރިން ވަނީ ރިސޯޓެއްގައި ޗުއްޓީ ހޭދަކޮށްފަ އެވެ، އެއީ ރާއްޖެއަށް ޒިޔާރަތް ކުރި ފަތުރުވެރިންގެ 74 އިންސައްތަ އެވެ.

ދެވަނަ އަށް އެންމެ ގިނަ ފަތުރުވެރިން ޗުއްޓީ ހޭދަ ކޮށްފައިވަނީ ގެސްޓް ހައުސްތަކުގައެވެ.އެއީ 375,306 ފަތުރުވެރިންނެވެ. މިއީ މުޅި ޖުމުލަ ފަތުރުވެރިންގެ %21 އެވެ.

ތަފާސްހިސާބުތައް ދައްކާގޮތުން ހޮޓާތަކުގެ 38,911 ފަތުރުވެރިން ޗުއްޓީ ހޭދަކޮށްފައިވާއިރު، ސަފާރީތަކުގައި ޗުއްޓީ ހޭދަކުރި ފަތުރުވެރިންގެ އަދަދަކީ 33,281 އެވެ. 

އެންމެ ގިނަ ފަތުރުވެރިން ރާއްޖެ އައިސްފައިވަނީ ޗައިނާ އިން ނެވެ. 

އެ ގޮތުން ޗައިނާ އިން 328,058 ފަތުރުވެރިން ، ރަޝިޔާއިން 251,214 ފަތުރުވެރިން، އިނގިރޭސިވިލާތުން 133,337 ފަތުރުވެރިން، ޖަރުމަނުވިލާތުން 116,774 ފަތުރުވެރިން އަދި އިޓަލީވިލާތުން 104,140 ފަތުރުވެރިން ރާއްޖެ ޒިޔާރަތް ކޮށްފައިވާ ކަމަށް އެ ތަފާސް ހިސާބުތަކުން ދައްކަ އެވެ. 

ފަތުރުވެރިންނަށް ހިދުމަތް ދިނުމަށްޓަކައި މިވަގުތު ރާއްޖޭގައި 1299 ތަނެއްވަނީ ހުޅުވާފަ އެވެ.  މި ތަންތަނުން ފަތުރުވެރިކަމަށް ވަނީ 69,051 އެނދު ނެރެފަ އެވެ.

ރިސޯޓުތަކުގެ އިތުރުން ރަށްރަށުގެ ގެސްޓްހައުސްތަކަށްވެސް ފަތުރުވެރިންގެ ބޮޑު ތަރުޙީބެއް އަންނަނީ ދެމުންނެވެ. 

އެގޮތުން، ރާއްޖެއަށް އަންނަ ފަތުރުވެރިންގެ ބޮޑު އިންސައްތައެއް ލޯކަލް ޓޫރިޒަމް ޚިޔާރުކުރަމުންދާއިރު، މިއީ ރަށްރަށުގެ އިގްތިސާދަށާއި އާންމު ފަރުދުންގެ އާމްދަނީއަށް ވެސް ބޮޑު ކުރިއެރުމެއް ލިބެމުންދާ ކަމެކެވެ.  

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް