މީރާ އިން "އެކްސް"ގައި ކުރި ޕޯސްޓެއްގައި ވަނީ، ޝަފްނީޒް މިއަދު ޑެޕިއުޓީ ޓެކްސް ކޮމިޝަނަރުކަމަށް އައްޔަންކޮށްފައިވާތީ އޭނާ އަށް މަރުހަބާ ކިޔައިފަ އެވެ.
ޝަފްނީޒް ވަނީ މީގެ ކުރިން މީރާގެ އެޑްމިން އަދި ފައިނޭންސިން ޑިޕާޓްމަންޓުގެ ޑިރެކްޓަރު ޖެނެރަލްކަން ވެސް ކުރައްވައިފަ އެވެ.
ޑެޕިއުޓީ ކޮމިޝަނާ ޖެނެރަލްގެ މަގާމު ހުސްވީ އެ މަގާމުގައި ކުރިން ހުންނެވި ފާތިމަތު އަމީޒާ ކޮމިޝަނާ ޖެނެރަލް އޮފް ޓެކްސޭޝަންގެ މަގާމަށް އައްޔަން ކުރެއްވުމުންނެވެ.