ads
އިމްރާން ޚާން ޑީޕޯޓްކުރުން އިންޑިއާގެ ކޯޓުން މަޑުޖައްސާލައިފި
އިމްރާން ހާން ޑީޕޯޓް ކުރުން އިންޑިއާގެ ކޯޓުން މަޑުޖައްސާލައިފި
އެމެރިކާގެ ރައްޔިތެއް ކަމަށްވާ ބޮލީވުޑްގެ ކުރީގެ އެކްޓަރު އިމްރާން ހާން އިންޑިއާއިން ޑީޕޯޓްކޮށްލުމަށް އެ ގައުމުގެ ސަރުކާރުން ނެރުނު އަމުރު ތަންފީޒުކުރުން އިންޑިއާގެ ބޮމްބޭ ހައިކޯޓުން މަޑުޖައްސާލައިފި އެވެ.
Advertisement

ސަރުކާރުން އިމްރާން ޚާން އިންޑިއާއިން ފޮނުވާލަން އެންގީ އިންޑިއާގައި ބޭއްވި ސިޔާސީ މުޒާހަރާއެއްގައި އޭނާ ބައިވެރިވުމާ ގުޅިގެން، ވިސާގެ ގަވާއިދުތަކާ ހިލާފުވެފައިވާ ކަމަށް ބުނެ އެވެ.

ބޮމްބޭ ހައިކޯޓުން އިމްރާން ޚާން ޑީޕޯޓް ކުރުމުގެ އަމުރު މަޑުޖައްސާލުމުގެ ވަގުތީ އަމުރެއް ނެރެފައިވަނީ އިއްޔެގެ ވަގުތެއްގަ އެވެ. ކޯޓުން ނިންމާފައިވަނީ އަންނަ ނޮވެމްބަރު މަހު މި މައްސަލައިގެ އިތުރު އަޑުއެހުމެއް ބޭއްވުމާ ހަމައަށް، ސަރުކާރުގެ އެ އެންގުމަށް އަމަލު ކުރުން ފަސް ކުރުމަށެވެ. މިއާއެކު ނޮވެމްބަރު މަހުގެ އަޑުއެހުމާ ހަމައަށް އޭނާއަށް އިންޑިއާގައި ހުރުމުގެ ވަގުތީ ފުރުސަތެއް ވަނީ ލިބިފަ އެވެ.

އިންޑިއާގެ ކަމާބެހޭ އިދާރާތަކުން ބުނެފައިވަނީ އެމެރިކާގެ ރައްޔިތެއްގެ ގޮތުގައި ހުރެ ސިޔާސީ މުޒާހަރާއެއްގައި ބައިވެރިވުމަކީ ވިސާގެ އުސޫލުތަކާ މުޅިން ހިލާފު ކަމެއް ކަމަށެވެ. އަދި އެ ސަބަބަށްޓަކައި އޭނާ އިންޑިއާއިން ފުރައިގެން ދިއުމަށް ސަރުކާރުން އަމުރުކުރި އެވެ. ނަމަވެސް، އިމްރާން ޚާންގެ ފަރާތުން މި މައްސަލަ ބޮމްބޭ ހައިކޯޓަށް ހުށަހެޅުމުން، ކޯޓުން ވަނީ ސަރުކާރުގެ ނިންމުން ވަގުތީގޮތުން ހުއްޓުވާފަ އެވެ.

މި މައްސަލައިގައި ދެން ގޮތެއް ނިންމާނީ ނޮވެމްބަރު މަހު ބާއްވާ އަޑުއެހުމަށް ފަހު އެވެ. ބޮލީވުޑްގެ ކުރީގެ އެކްޓަރު އިމްރާން ޚާންގެ މައްޗަށް ކުރެވިފައިވާ ވިސާ ގަވާއިދާ ހިލާފުވުމުގެ މައްސަލަ މަޑު ޖައްސާލުމާއެކު އޭނާ ފޮނުވާލުން ވެސް މިހާރު ވަނީ ވަގުތީގޮތުން ހުއްޓުމަކަށް އައިސްފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް