ads
މިނިސްޓަރު ހީނާ ވަލީދު
އިންޓާކަލްޗަރަލް ޑައިލޮގްގެ ވޯލްޑްފޯރަމްގައި ބައިވެރިވެވަޑައިގަތުމަށް ހީނާ އަޒަރުބައިޖާނަށް
އިންޓާކަލްޗަރަލް ޑައިލޮގްގެ 7 ވަނަ ވޯލްޑް ފޯރަމްގައި ބައިވެރިވެ ވަޑައިގަތުމަށް ފަންނާއި ސަގާފަތާއި ތަރިކައާ ބެހޭ މިނސްޓަރު ހީނާ ވަލީދު އަޒަރުބައިޖާނަށް ފުރާވަޑައިގެންފި އެވެ.
Advertisement

އަޒަރުބައިޖާންގެ ވެރިރަށް ބަކޫގައި ބާއްވާ އިންޓަރކަލްޗަރަލް ޑައިލޮގްގެ 7 ވަނަ ވޯލްޑް ފޯރަމް ކުރިއަށްދާނީ މިމަހުގެ 27 އިން 29 އަށެވެ. މި ފޯރަމްގައި، ފަންނާއި ސަގާފަތާއި ތަރަކައާ ބެހޭ ވަޒީރު ހީނާ ވަލީދު ވާހަކަފުޅުދެއްކެވުމަށް ވަނީ ހަމަޖެހިފަ އެވެ. 

އަދި ސަގާފީ މަޝްވަރާތައް ކުރިއެވުމަށް ކުރެވިދާނެ މަސައްކަތްތަކާއި ގުޅިގެން މި ޒަމާނުގައި ހަލުވިކަމާއެކު ކުރިއަރަމުން އަންނަ އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ގެ ބޭނުން ކުރުމާ ގުޅޭގޮތުން މަޝްވަރާކުރައްވާނެ އެވެ.

އިންޓަރކަލްޗަރަލް ޑައިލޮގްގެ 7 ވަނަ ވޯލްޑް ފޯރަމަކީ ދޭދޭ ސަގާފަތްތަކުގެ މެދުގައި އޮންނަ މަޝްވަރާއާއި، އެކަކު އަނެކަކަށް ކުރާ އިހުތިރާމާއި، ބައިނަލްއަގުވާމީ ފެންވަރުގައި އަމަލީ ގޮތުން ގުޅިގެން މަސައްކަތްކުރުން ކުރިއެރުވުމަށްޓަކައި އެކި ގައުމުތަކުގެ ވަޒީރުންނާއި، ސަގާފީ ދާއިރާގެ މާހިރުންނާއި، އިލްމީ ބޭފުޅުންނާއި، ދީނީ އިލްމުވެރިން އަދި ޒުވާނުންގެ މަންދޫބުން ބައިވެރިވާ މުހިންމު ބައްދަލުވުމެކެވެ.

މި ފޯރަމްގެ ހަވާސާގައި ބާއްވާ ބައިނަލްއަގުވާމީ ޖަމުޢިއްޔާތަކުގެ ހައި-ލެވެލް 3 ވަނަ ބައްދަލުވުމާއި "ބާކޫ ޕްރޮސެސް" ގެ 6 ވަނަ މިނިސްޓީރިއަލް ބައްދަލުވުމުގެ ޚާއްޞަ ޖޮއިންޓް ސެޝަންގައި ވަޒީރު ވާހަކަފުޅު ދައްކަވާނެ އެވެ.

މިގޮތުން، ވަޒީރު ހީނާ ވަލީދު ވާހަކަފުޅު ދެއްކެވުމަށް ހަމަޖެހިފައިވަނީ "ޑައިލޮގް ފޯ އަ ޝެއަރޑް ފިއުޗަރ: ބިލްޑިންގ ބްރިޖަސް އިން އަ ފްރެކްޗަރޑް ވޯލްޑް" މި ޝިއާރުގެ ދަށުން ކުރިއަށްދާ ފޯރަމްގެ ފުރަތަމަ ދުވަހެވެ.

"ބާކޫ ޕްރޮސެސް" ގެ ތެރެއިން ކުރިއަށްދާ މި ފޯރަމަކީ ސަގާފީ ތަފާތުކުރުންތަކާއި، އިޖުތިމާއީ ގޮތުން އެކަހެރިވުމާއި، އައު ފަންނިއްޔާތުގެ ސަބަބުން ކުރިމަތިވާ ގޮންޖެހުންތަކަށް ހައްލު ހޯދުމަށް އަމަލީ މަސައްކަތްތަކެއް ކުރުމުގެ އަމާޒުގައި ކުރިއަށްދާ ފޯރަމެކެވެ.

މި ފޯރަމްގައި ރާއްޖެއިން ބައިވެރިވުމަކީ، ދިވެހިރާއްޖޭގެ ސަގާފީ ތަރިކަ ރައްކާތެރިކުރުމަށާއި، ބަހާއި ޑިޖިޓަލް ދާއިރާއިން ގައުމީ ފެންވަރުގައި އިސްކަންދޭ ކަންކަން ބައިނަލްއަގުވާމީ މަންސައެއްގައި ހާމަކޮށް، ދުނިޔޭގެ އެކި ގައުމުތަކާއި ޖަމުއިއްޔާތަކާއެކު އޮންނަ ގުޅުން އިތުރަށް ބަދަހިކުރުމަށް ލިބިގެންދާ މުހިންމު ފުރުސަތެއްގެގޮތުގައި ފަންނާއި ސަގާފަތާއި ތަރަކައާ ބެހޭ ވުޒާރާއިން ދެކެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް