މި ހާދިސާ ހިނގާފައިވަނީ 2026 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ 25 ވަނަ ދުވަހުގެ ހެނދުނުގެ ވަގުތެއްގައެވެ.
ސައޫދީގެ ދިފާއީ ބާރުތަކުން މި ހަމަލާތައް ވައިގެ ތެރޭގައި ހުއްޓުވައި ނާކާމިޔާބުކޮށްލުމާ އެކު، ވެރިރަށް ރިޔާޟުގެ އެކި ސަރަހައްދުތަކަށް ގޮވުންތަކުގެ ބާރުގަދަ އަޑުތައް ވަނީ އިވިގެން ގޮސްފަ އެވެ. ސުއޫދީގެ ވައިގެ ދިފާއީ ބާރުތަކުން ވަނީ ހޫތީ ބަޣާވާތްތެރިން ވެރިރަށަށާއި އެއާޕޯޓު ސަރަހައްދަށް އަމާޒުކޮށް ފޮނުވާލި ބެލިސްޓިކް މިސައިލުގެ އިތުރުން، ހަމަލާދިނުމަށް ބޭނުންކުރި ގިނަ އަދަދެއްގެ އެޓެކް ޑްރޯންތައް ވައިގެ ތެރޭގައި ހުއްޓުވައި ވައްޓާލާފަ އެވެ.
މިސައިލާއި ޑްރޯންތައް ވައިގެ ތެރެއަށް ގޮއްވާލައި ހުއްޓުވުމުގެ ސަބަބުން، އެތަކެތީގެ އެކި ބައިތަކާއި އެތިކޮޅުތައް ވަނީ ރިޔާޟުގެ ވަށައިގެންވާ އެކި ސަރަހައްދުތަކަށް ވެއްޓިފައެވެ. މި ހާދިސާއާ ގުޅިގެން ސައޫދީގެ ސިވިލް ޑިފެންސް ޔުނިޓުތަކުން ވަނީ އެ ސަރަހައްދުތަކުގައި ވަގުތުން ހަރަކާތްތެރިވެ، އެކަމަށް އިޖާބަދީފަ އެވެ.
މި ހަމަލާއަކީ ރިޔާޟުގެ އެއާޕޯޓު ސަރަހައްދާއި ވެރިރަށަށް އަމާޒުކޮށް ހޫތީން ދޭންއުޅުނު ހަމަލާއެއް ކަމަށްވާއިރު، ސައޫދީގެ އެއާ ޑިފެންސްގެ އަވަސް ހަރަކާތްތަކާ އެކު ވަނީ މި ހަމަލާތައް ނާކާމިޔާބުކޮށްލާފަ އެވެ. ސިވިލް ޑިފެންސްގެ ޓީމުތަކުން ދަނީ އެކި ބައިތައް ވެއްޓުނު ސަރަހައްދުތަކުގައި އިތުރަށް ހަރަކާތްތެރިވަމުންނެވެ.