ads
ށ. ފުނަދޫ ޕެޓްރޯލް ޝެޑްގައި ރޯވުން
އަލިފާނުގެ ހާދިސާ އިތުރަށް ތަހުގީގު ކުރުމަށް ފުލުހުންގެ ޓީމެއް ފުނަދުއަށް
ށ. ފުނަދޫގައި ހިނގި އަލިފާނުގެ ހާދިސާ އިތުރަށް ތަހުގީގު ކުރުމަށްޓަކައި މިއަދު ހެނދުނު ހާއްސަ ތަހުގީގު ޓީމެއް އެ ރަށަށް ދިޔުމަށް ހަމަޖެހިފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.
Advertisement

ފުލުހުން ހާމަކުރެއްވި ގޮތުގައި، މި ހާދިސާ ހިނގަން މެދުވެރިވި ސަބަބު ދެނެގަތުމަށާއި، ސީން ޕްރޮސެސްކޮކުރުމަށް އެ ޓީމުން ހަރަކާތްތެރިވާނެ އެވެ.

"މި ހާދިސާ ހިނގަން މެދުވެރިވި ސަބަބު ދެނެގަތުމަށާއި ސީން ޕްރޮސެސްކޮށް، ތަހުގީގަށް އެހީތެރިވުމަށް ދިވެހި ފުލުހުންގެ ހިދުމަތުގެ މޭޖާ ކްރައިމް އިންވެސްޓިގޭޝަންގެ ހާއްސަ ޓީމެއް ށ. ފުނަދޫއަށް [މިއަދުގެ] ހެދުނު ދިއުމަށް ވަނީ ހަމަޖެހިފަ އެވެ،" ފުލުހުން މީޑިއާއާ ހިއްސާކުރި މެސެޖެއްގައި ވެ އެވެ.

ފުނަދޫ ބަނދަރު ސަރަހައްދުގައި މީހަކު ހިންގާ ޕެޓްރޯލް ޝެޑެއްގައި އަލިފާން ރޯވީ އިއްޔެ ހެނދުނު 8:30 ހާއިރެވެ. އެ އަލިފާންގަނޑު ކޮންޓްރޯލް ކުރެވުނީ މެންދުރު 12:00 ހާއިރެވެ.

ށ. އަތޮޅު ހޮސްޕިޓަލުން ބުނި ގޮތުގައި، މި ހާދިސާގައި 20 މީހުންނަށް އެކި ވަރުގެ އަނިޔާތައް ލިބުނެވެ. އޭގެ ތެރެއިން ދެ މީހަކަށް ދުމުގެ އަސަރުކޮށްގެން ފަރުވާ ދިންއިރު، އަލިފާން ބުރައިގެން އެކި ތަންތަން ފިހިގެން ވެސް އަށް މީހަކު އެ ހޮސްޕިޓަލަށް ގެންދިޔަ އެވެ.

ބާކީ 10 މީހުންނަކީ ޕެނިކް އެޓޭކާއި ކުދިކުދި އެހެނިހެން އަނިޔާތައް ލިބިގެން ގެންދިޔަ މީހުން ކަމަށް ހޮސްޕިޓަލުން ވަނީ މައުލޫމާތު ދީފަ އެވެ. މިހާރު އެންމެން ވެސް ވަނީ ފަރުވާއަށް ފަހު ދޫކޮށްލާފަ އެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް