ads
ރިޝްމީއާ މިހްސޯގެ ކައިވެނީގެ ހަފްލާގެ ތެރެއިން
މަޝްހޫރު ތަރި ރިޝްމީ އާއި މިހުސޯ ކައިވެނިކޮށްފި
ރާއްޖޭގެ ފިލްމީ ދާއިރާގައި މަޝްހޫރު ތަރި ޢާއިޝަތު ރިޝްމީ ރަމީޒާއި ޗޮޕާޓްގެ ޑިރެކްޓަރެއް ކަމަށްވާ މިހުސޯ އަބްދުއްސައްތާރު ކައިވެނިކޮށްފި އެވެ.
Advertisement

ރިޝްމީ ވަނީ އޭނާގެ އިންސްޓަގްރާމުގައި އެ ދެ މީހުންގެ ކައިވެނީގެ ހަފްލާގެ ފޮޓޯތައް ހިއްސާކޮށްފަ އެވެ. ކައިވެނީގެ ފޮޓޯތައް ހިއްސާކުރުމަށް އެތައް ބަޔަކު ވަނީ މި ދެ ފަންނާނުންނަށް މަރުހަބާ ކިޔާފަ އެވެ. 

ރިޝްމީ ވަނީ މީގެ ކުރިން ދެ ކައިވެންޏެއް ކޮށްފަ އެވެ. އެގޮތުން ފުރަތަމަ ކައިވެނި ކުރީ ފިލްމީ ތަރި އަހްމަދު އަޒުމީލް ( އަޒޭ) އާ އެވެ. އެ ކައިވެންޏަށް ވަނީ ފިރިހެން ކުއްޖެއް ލިބިފަ އެވެ. އޭގެފަހުން ރިޝްމީ ކައިވެނި ކުރީ ފިލްމީ ތަރި އަދި ޑިރެކްޓަރ ރަވީ ފާރޫގް (ރަވީ) އެވެ. 

ދިވެހި ލަވަތަކުން ގިނަ ބައެއްގެ މަގްބޫލުކަން ހޯދި ރިޝްމީ ވަނީ ގިނަ ފިލުމުތަކެއްވެސް ކުޅެފަ އެވެ. އޭގެތެެރޭގައި 2014ގައި ނެރުނު 'އިންސާނާ'، 2015ގައި ރިލީސްކުރި 'މިކޮއެ ބައްޕަ ބައޭ ބައޭ ' އަދި 2017ގައި ނެރުނު ފިލްމު 'ވިޝްކާ' ހިމެނެއެވެ. ވިޝްކާގައި ރިޝްމީ އަދާކުރި ރޯލަށް އެއަހަރު އެންމެ މޮޅު އެކްޓްރެސްގެ އެވޯޑް ލިބފައިވެއެވެ، އަދި އެ އަހަރުގެ ސާކް ފިލްމު ފެސްޓިވަލްގައި ވެސް އެންމެ މޮޅު އެކްސްޓްރެސްގެ އެވޯޑު ރިޝްމީއަށް އެ ފިލްމުން ލިބިފައިވެ އެވެ.

14%
ކަމުގޮސްފި
57%
އަޑުއެހިތާ މިހުރީ
29%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް