އެ އިދާރާއިން ބުނީ ރާއްޖޭގެ ސަރަހައްދުގައި ހުޅަނގު މޫސުމުގެ ބާރު ގަދަވެ، އަރަބި ކަނޑާއި ބޭ އޮފް ބެންގާލްގައި އުފެދިފައިވާ ކޮޅިގަނޑުތަކުގެ ސަބަބުން ރާއްޖޭގެ ހުޅަނގުން އުފެދެމުންދާ ބޯ ވިއްސާރަ ވިލާތައް ދަނީ އަތޮޅުތަކުގެ މައްޗަށް އަރަމުންކަމަށެވެ. އެކަމުގެ ސަބަބުން ކުރިޔަށް އޮތް 24 ގަޑިއިރު ތެރޭގައި ރާއްޖޭގެ އެކި ހިސާބުތަކަށް ބޯކޮށް ވާރޭ ވެހޭނެކެމަަށް ލަފާކުރެވޭކަމަށް މެޓް އޮފީހުން ބުނެ އެވެ.
އަދި މިއަދުން ފެށިގެން އަންނަ ހޮނިހިރުގެ ނިޔަލަށް ހާއްސަކޮށް އުތުރާއި މެދު ރާއްޖެތެރޭގެ އަތޮޅުތަކަށް ވައިގަދަވެ ކަނޑުތައް ގަދަވާނެކަަމަށް ލަފާކުރެވޭކަމަށް މެޓް އޮފީހުން ބުނެ އެވެ.
މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރާގައި ރޭ ވެރިރަށް މާލެއަށް ހުއްޓާ ނުލާ 3 ވަރަކަށް ގަޑިރުވާރޭ ވެހި މުޅު މާލެގައި ވަނީ ފެންބޮޑުވެފަ އެވެ. އަދި ނަޖިސް ލީކުވުމުގެ މައްސަލައެއް ގެއަކުން ރިޕޯޓްކޮށްފައިވާކަމަށް އެންޑީއެމްއޭއިން ވަނީ ބުނެފަ އެވެ. މީގެއިތުރުން އަތޮޅު ތެރޭ ބައެއް ރަށްރަށުގައިވެސް ފެން ބޮޑުވެ ގެތަކަށް ފެން ވަދެފައިވާކަަމަށް އެންޑީއެމްއޭއިން ވަނީ ބުނެފަ އެވެ.