ads
އެޗްޑީސީ އާއި ސީޑް އިނިޝިއޭޓިވް އިން އެމްއޯޔޫއެއްގައި ސޮއިކޮށްފި
ތިމާވެށި ރައްކާތެރިކޮށް، އިޖްތިމާއީ ހަރަކާތްތައް ކުރިއަށްގެންދަން އެއްބަސްވުމެއް
ތިމާވެށި ރައްކާތެރިކުރުމާއި، ކަނޑުގެ ދިރުންތައް އާލާކުރުމުގެ އިތުރުން އިޖްތިމާއީ ހޭލުންތެރިކަން އިތުރުކުރުމަށް، އެޗްޑީސީ އާއި ސީޑް އިނިޝިއޭޓިވް އިން އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.
Advertisement

އެޗްޑީސީ އިން ބުނީ އެއް އަހަރު ދުވަހުގެ މި އެއްބަސްވުމުގެ ދަށުން، އެ ކޯޕަރޭޝަނާއި ސީޑްސް ގުޅިގެން، ތިމާވެށި ހިމާޔަތްކުރުމާއި، އިޖްތިމާއީ އަދި ތައުލީމީ އެކި ހަރަކާތްތައް ކުރިއަށްގެންދިއުމަށް ނިންމާފައިވާ ކަމަށެވެ.

މީގެ އިތުރުން އެޗްޑީސީން އިސްނަގައިގެން ހުޅުމާލޭ ޗެނަލް ޕާކު އޭރިއާއާއި ކުޑަގިރި "ދޫނިޔާ ޑައިވް ރެކް" ގައި މުރަކަ އިންދައި އާލާކުރުމަށް ފަށާފައިވާ މަސައްކަތަށް ސީޑްސްގެ ފަރާތުން އެހީތެރިކަން ފޯރުދިނުމަށްވެސް ވަނީ އެއްބަސްވެފަ އެވެ.

އޭގެ ތެރޭގައި ވޮލެންޓިއަރުން ބައިވެރިކުރުމާއި، ޓްރެއިނިން ޕްރޮގްރާމްތައް ހިންގުމުގެ އިތުރުން ތިމާވެށި ހިމާޔަތްކުރުމުގެ އެކި ހަރަކާތްތައް އެ ދެ ސަރަހައްދުގައި ކުރިއަށްގެންދިއުން ހިމެނޭ ކަމަށް އެޗްޑީސީން ވަނީ ބުނެފަ އެވެ.

އެޗްޑީސީން ބުނީ އެ ކޯޕަރޭޝަންގެ އަމާޒަކީ، ތިމާވެއްޓާ ރައްޓެހި އަދި ދެމެހެއްޓެނިވި ގޮތެއްގައި ހުޅުމާލެ ތަރައްގީކޮށް، ހުޅުމާލޭގެ ފަޅާއި ކަނޑުގެ ދިރުންތައް ރައްކާތެރިކުރުމަށް ކުރެވޭ މަސައްކަތްތައް އިތުރަށް ހަރުދަނާކުރުން ކަމަށެވެ.

 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް