ads
ގާޒީ އިހްސާން: އޭނާ އިސްތިއުފާ ދިނީ ސަސްޕެންޝަން ހަމަވި ފަހުން -- ފޮޓޯ: ޖޭއެސްސީ
ގާޒީ އިހްސާން އިސްތިއުފާ ދެއްވައިފި
ސިވިލް ކޯޓުގެ ގާޒީ އަބްދުﷲ އިހުސާން، ފަނޑިޔާރުކަމުގެ މަގާމުން އިސްތިއުފާ ދެއްވައިފި އެވެ.
Advertisement

އިހްސާން މިއަދު ގާޒީ ކަމުން އިސްތިއުފާ ދިނުމަށް ހުށަހަޅައި މަގާމުން ވަކިވެފައިވާ ކަމަށް ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ވަނީ ޔަގީންކޮށްދީފަ އެވެ.

ޖޭއެސްސީން ބަލާފައިވަނީ އިހްސާންގެ މައްޗަށް ތުހުމަތު ކުރެވުނު ޖިންސީ ފުރައްސާރަ ކުރުމުގެ މައްސަލަ އެވެ. 

ގާޒީ އިހުސާންގެ މައްޗަށް ތުހުމަތު ކުރެވުނު މައްސަލައިގައި އޭނާގެ ބަޔާންވެސް ނަގާފައި ވެއެވެ. އަދި އޭނާގެ މައްސަލަ ބަލާ ކޮމެޓީން، މައްސަލަ ބަލައި ނިންމާފައިވެސް ވެއެވެ.

މިމައްސަލަ ބަލަން ފެށުމަށްފަހު ޖޭއެސްސީން ވަނީ އިހްސާން 60 ދުވަހަށް ސަސްޕެންޑް ކުރުމަށް މިދިޔަ އޮގަސްޓް 20 ވަނަ ދުވަހު ނިންމާފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް