ads
22 އަހަރުގެ އަންހެނަކާއި ބެހި ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރި މީހަކު ހައްޔަރުކޮށްފި
22 އަހަރުގެ އަންހެނަކާއި ބެހި ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރި މީހަކު ހައްޔަރުކޮށްފި އެވެ.
Advertisement

ފުުލުހުން ބުނީ އަޕަރ ސައުތު ޕޮލިސްގައި ހިމެނޭ ރަށެއްގައި، ބަޔަކު 22 އަހަރުގެ އަންހެނަކަށް ޖިންސީ ގޯނާކުރި ކަމަށް ތުހުމަތުކުރެވޭ މައްސަލައެއް، އިއްޔެ ފުލުހުންނަށް ރިޕޯޓްކޮށްފައިވާކަމަށެވެ. 

މި މައްސަލައިގެ ތަހުގީގުގެ ތެރެއިން، ކުޑަކުދިންނަށް ޖިންސީ ގޯނާކޮށް، އެ ކުދިން އެކްސްޕްލޮއިޓްކޮށްފައިވާ ކަމަށް ތުހުމަތުކުރެވޭ މައްސަލަތަކެއްވެސް ފާހަގަކުރެވިފައިވާކަމަށް ފުލުހުން ބުނެ އެވެ. އަދި މި މައްސަލައާއި ގުޅިގެން މިހާތަނަށް އެކަކު ހައްޔަރުކޮށްފައިވާކަމަށްވެސް ފުލުހުން ބުނެ އެވެ. 

މި ތުހުމަތުތަކާ ގުޅިގެން، މި މައްސަލަ ފުލުހުން ގެންދަނީ ސީރިއަސް މައްސަލައެއްގެ ގޮތުގައި ތަހުގީގު ކުރަމުންކަމަށް އެ އިދާރާއިން ބުނެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް