ads
ވަޒީރުންގެ މަޖިލީހުން މިއަދު ބޭއްވި ޖަލްސާ - ފޮޓޯ/ރައީސް އޮފީސް
ވަޒީރުންގެ ކާރު އެލަވަންސަށް މަހަކު 17،000 ރުފިޔާ ދެނީ
ދައުލަތުގެ ވަޒީރުންގެ ކާރު އެލަވަންސަށް މަހަކު 17،000 ރުފިޔާ ދޭން ރައްޔިތުން މަޖިލީހުގެ މާލިއްޔަތު ކޮމެޓީން ފާސްކޮށްފި އެވެ.
Advertisement

މާލިއްޔަތު ކޮމެޓީން މިގޮތަށް ނިންމީ ވަޒީރުންނަށް ލިބޭ މުސާރަ މިނިވަން މުވައްސަސާތަކާއި ކޮމިޝަންތަކާއި ފަނޑިޔާރުންނާއި ގަޒީނަށް ލިބޭ މުސާރަ ކުޑަކަމަށް ބުނެ ހުށައަޅާފައިވާތީ އެވެ. 

އެކި ދާއިރާތަކުގެ މިހާރުގެ މުސާރަތައް 

  • ވަޒީރުންނަށް ލިބެނީ 58500 ރުފިޔާ
  • މުސްތަގިއްލު ކޮމިޝަންތަކަގެ ރައީސުންނަށް 74،000 ރުފިޔާ
  • މުއައްސަސާތަކުގެ ވެރިންނަށް 59،000 ރުފިޔާ
  • އުއްތަމަ ފަނޑިޔާރަށް 91،000 ރުފިޔާ
  • ސުޕްރީމް ކޯޓުގެ އެހެން ފަނޑިޔާރުންނަށް 89،000 ރުފިޔާ 
  • ހައިކޯޓްގެ އިސް ފަނޑިޔާރުންނަށް 72،000 ރުފިޔާ 
  • ހައިކޯޓުގެ އެހެން ފަނޑިޔާރުންނަށް  68،000 ރުފިޔާ 
  • ދަށު ކޯޓްތަކުގެ އިސްގާޒީންނަށް 62،000 ރުފިޔާ 
  • ދަށު ކޯޓްތަކުގެ ގާޒިންނަށް 60،00 ރުފިޔާ 

އެހެންކަމުން މަޖިލީހުގެ މާލިއްޔަތު ކޮމެޓީން ނިންމީ ވަޒީރުންނަށް ލިބޭ މުސާރައަށް ބަދަލުތަކެއް ނުގެންނެސް ކާރު އެލަވަންސްގެ ގޮތުގައި ދެމުން އަންނަ އެލަވަންސް ބޮޑުކުރަން ށެވެ. ކާރު އެލަވަންސްގެ ގޮތުގައި މީހާރު ވަޒީރުންނަށް ދެމުން އަންނަނީ 7500 ރުފިޔާއެވެ. އެއީ ޕެޓްރޯލަށް ދޭ 1000 ރުފިޔާއާއި ޑްރައިވަރު އެލަވަންސްގެ ގޮތުގައި ދޭ 6500 ރުފިޔާ އެވެ. 

މާލިއްޔަތު ކޮމެޓީން ނިންމީ ވަޒީރުންގެ މަޖިލީހުގެ މެމްބަރުންގެ ކާރުގެ އެލަވަންސްގެ ގޮތުގައި މިހާރު ދެމުން އަންނަ 7500 ރުފިޔާ 17،000 ރުފިޔާއަށް ބޮޑުކުރުމަށެވެ. 

ވަޒީރުންގެ ކާރު އެލަވަންސަށް ގެނައި ބަދަލު

  • ޕެޓްރޯލަށް 2000 ރުފިޔާ
  • ޑްރައިވަރު އެލަވަންސް  12،000 ރުފިޔާ
  • ޑްރައިވަރު ލިވިން އެލަވަންސް 3000 ރުފިޔާ 

މި ހުށައެޅުން ކޮމެޓީން ފާސްކުރީ ކޮމެޓީގައި ތިއްބެވި ޕީއެންސީގެ ހުރިހާ މެމްބަރުންގެ ވޯޓައި އެކު އެވެ. ދެކޮަޅަށް ވޯޓް ދެއްވީ ކޮމެޓީގައި ހިމެނިވަޑާއިގަންނަވާ އިދިކޮޅު އެމްޑީޕީގެ ދެ މެމްބަރުންކަމަށްވާ ހުޅުމާލެ ދެކުނު ދާއިރާގެ މެމްބަރު ޑރ. އަހްމަދު ޝަމްހީދާއި ހަނިމާދޫ ދާއިރާގެ މެމްބަރު އްބްދުލްގަފޫރު މޫސާ އެވެ. 

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް