ads
މާލޭގެ މޭޔަރު އާދަމް އާޒިމް
ކައުންސިލަށް ސަރުކާރުން ދޭން ޖެހޭ 74 މިލިޔަން ރުފިޔާ ދައުލަތުން ނުދިން: މޭޔަރު
ބްލޮކް ގްރާންޓުގެ ގޮތުގައި ސަރުކާރުން މާލޭ ސިޓީ ކައުންސިލަށް ދޭން ޖެހޭ ފައިސާގެ ތެރެއިން 74 މިލިޔަން ރުފިޔާ ކަނޑާލާފައިވާ ކަަމަށް މާލޭގެ މޭޔަރު އާދަމް އާޒިމް މިއަދު ވިދާޅުވެއްޖެ އެވެ. ކައުންސިލަށް ސަރުކާރުން ދޭން ޖެހޭ 74 މިލިޔަން ރުފިޔާ ދައުލަތުން ނުދިން: މޭޔަރު ކައުންސިލަށް ލިބެން ޖެހޭ 74 މިލިޔަން ރުފިޔާ ސަރުކާރުން ވަނީ ހިފަހައްޓާފައި
Advertisement

މިއަދު ބޭއްވި މާލޭ ސިޓީ ކައުންސިލްގެ ރަސްމީ ޖަލްސާގައި ވާހހަކަ ދައްކަވަމުން މޭޔަރު އާދަމް އާޒިމް ވިދާޅުވީ މާލޭ ސިޓީ ކައުންސިލްގެ މަސައްކަތްތަކަށް ބޭނުންވާ މީހުން ހޯދުމުގެ މަސައްކަތްކުރަމުންދާއިރު  ސަރުކާރުން އުނދަގޫތައް ކުރިމަތިކުރުވަމުން އަންނަކަމަށެވެ. އެގޮތުން ކައުންސިލްގެ ބަޖެޓުން ފައިސާ ކަނޑަމުން އަންނަކަން އާޒިމް ފާހަގަކުރެއްވި އެވެ. 

" ބަޖެޓް ކަނޑަމުން ދަނީ. މިވީ ތިން މަދުވަހުގެ ތެރޭގައި 74 މިލިއަން ރުފިޔާ އަޅުގަނޑުމެންގެ ބަޖެޓުން ކަނޑައިފި" އާޒިމް ވިދާޅުވި އެވެ.

އާޒިމް ވިދާޅުވީ ރައްޔިތުންނަށް ބޮޑެތި ހިދުމަތްތަކެއް ދެމުން އަންނަ ކައުންސިލަކަށްވާއިރު ދައުލަތުން ދޭންޖެހޭ ފައިސާ ނުދީ ކަނޑާލީ ރައްޔިތުންނަށް ޖެއްސުން ކުރުމުގެ ގޮތުންކަމަށެވެ. 

މީގެއިތުރުން ކައުންސިލުގެ އިހުތިސާސްގެ ތެރޭގައި އޮތް މުހިންމު 14 ބިމެއް ސަރުކާރަށް ނެގުމުން، އެ ތަންތަނުން ލިބޭ އާމްދަނީވެސް ހުއްޓުމަކަށް އައިސްފައިވާކަން މޭޔަރު އާދަމް އާޒިމް ފާހަގަކުރެއްވި އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް