ads
"މޯލްޑިވްސް އެކްސްޕޯ 2026"ގެ މީޑިއާ ޕާޓްނަރަކަށް ދިރާގު ހަމަޖައްސައިފި - ފޮޓޯ: ދިރާގު
މޯލްޑިވްސް އެކްސްޕޯގެ ޑިޖިޓަލް ޕާޓްނަރަކަށް ދިރާގު
ދިވެހިންގެ އުފެއްދުންތެރިކަމާއި ފަންނުވެރިކަން އަދި އާ އީޖާދުތައް ދައްކާލުމަށް ރާއްޖޭގައި ބާއްވާ އެންމެ ބޮޑު އެކްސްޕޯ ކަމަށްވާ މޯލްޑިވްސް އެކްސްޕޯ 2026ގެ ޑިޖިޓަލް ޕާޓްނަރެއްގެ ގޮތުގައި ދިރާގުން ސޮއިކޮށްފި އެވެ.
Advertisement

ބިޒްނަސް ސެންޓަރ ކޯޕަރޭޝަން (ބީސީސީ) އާއި މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް، ޓްރާންސްޕޯޓް އެންޑް ޓްރޭޑް ގުޅިގެން އިންތިޒާމުކުރާ މި އެކްސްޕޯ ބޭއްވުމަށް ހަމަޖެހިފައިވަނީ މިމަހު 25 އިން ފެށިގެން 2 ނޮވެމްބަރު 2026 ގެ ނިޔަލަށެވެ. މި ހަރަކާތް ކުރިއަށްދާނީ ހުޅުމާލެ ސެންޓްރަލް ޕާކުގައެވެ.

ގިނަ ބަޔަކު އިންތިޒާރުކުރަމުންދާ "ގައުމީ އުފެއްދުންތެރިކަމުގެ މައުރަޒު"ގެ ތެރެއިން ރާއްޖޭގެ އެކި ކަންކޮޅުތަކުގެ ފަންނުވެރިންގެ ކުޅަދާނަ އަތްތެރި މަސައްކަތްތަކާއި ތަފާތު އުފެއްދުންތައް ފެނިގެންދާއިރު، މިއީ ދިވެހި އުފެއްދުންތެރިންނަށް އެ ފަރާތްތަކުގެ ހުނަރުވެރިކަން މާކެޓްކޮށް، ވިޔަފާރީގެ ފުރުސަތުތައް ފަހިކޮށްދިނުމުގެ މަގުސަދުގައި ކުރިއަށްގެންދާ ހަރަކާތެކެވެ.

މި އެކްސްޕޯގެ ޑިޖިޓަލް ޕާޓްނަރުގެ ހައިސިއްޔަތުން ދިރާގުގެ ފަރާތުން ވަރަށް ހާއްސަ ހަރަކާތްތަކެއް ކުރިއަށްގެންދިއުމަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން، އެކްސްޕޯގައި ގާއިމުކުރެވޭ ''ދިރާގު އެކްސްޕީރިއެންސް'' ސްޓޯލުން އެ ކުންފުނީގެ އެންމެ ފަހުގެ ޒަމާނީ ހިދުމަތްތަކާއި އުފެއްދުންތައް ތަޖުރިބާކޮށްލުމުގެ ފުރުސަތު ޒިޔާރަތްކުރާ ފަރާތްތަކަށް ލިބިގެންދާނެ ކަމަށް ދިރާގުން ބުނެއެވެ. އަދި މި ސްޓޯލަށް ޒިޔާރަތްކޮށް ދިރާގުގެ ހިދުމަތްތައް ނަންގަވާ ފަރާތްތަކަށް ހާއްސަ ޑިސްކައުންޓް އޮފަރތަކާއި އިތުރު ފައިދާތައް ލިބޭނެ އިންތިޒާމުވެސް ވަނީ ހަމަޖައްސާފައެވެ.

މީގެ އިތުރުން، އާއިލާއާއި ރައްޓެހިންނާއެކު އުފާވެރި މާހައުލެއްގައި ވަގުތު ހޭދަކޮށްލުމުގެ މަގު ފަހިކޮށްދިނުމުގެ ގޮތުން، ދިރާގު ގޭމާސް ގިލްޑް (ޑީޖީޖީ) އިން އިންތިޒާމުކޮށްގެން ފޯރިގަދަ ގޭމިންގ ހަރަކާތްތަކެއްވެސް އެކްސްޕޯގެ ތެރޭގައި ކުރިއަށްގެންދިއުމަށް ވަނީ ނިންމާފައެވެ. އަދި މި ހުރިހާ ހަރަކާތްތަކެއްގައި މުޅިން ހިލޭ ބައިވެރިވެވުމުގެ އިތުރުން އިނާމުތައް ހޯދުމުގެ ފުރުސަތު ވެސް ލިބިގެންދާނެ އެވެ.

މި މައުރަޒުގައި ޒުވާނުންގެ މެދުގައި ބޮޑު މަގުބޫލުކަމެއް ހޯދައިފައިވާ އެފް.ސީ 27، މޯޓަލް ކޮމްބެޓް، ސްޓްރީޓް ފައިޓަރ 6، ނަރުޓޯ އަލްޓިމޭޓް ނިންޖާ ސްޓޯމް 6 އަދި ބްރޯލްހަލާ ފަދަ ގޭމިން ހަރަކާތްތައް ކުރިޔަށް ގެންދަން ހަމަޖެހިފައިވާކަން ހާމަކޮށްފައިވާއިރު، ޖީ.ޓީ 7 ރޭސިންގ ސިމިއުލޭޓަރާއި ބީޓް ސޭބަރ ފަދަ ވާޗުއަލް ރިއަލިޓީ (ވީ.އާރް) ގޭމްތައް ތަޖުރިބާކޮށްލުމުގެ ފުރުސަތު ވެސް ހިލޭ ލިބިގެންދާނެއެވެ. ހަމައެއާއެކު، ކޮންމެ ދުވަހަކު ވެސް ވަކި ޗެލެންޖްތަކެއް ފުރިހަމަކުރާ ފަރާތްތަކަށް އަގުހުރި އިނާމުތަކެއް ދިނުމަށް ވެސް ވަނީ ހަމަޖެހިފަ އެވެ.

ދިރާގުން އަންނަނީ މުޖުތަމައުއަށް ފައިދާކުރަނިވި، ރާއްޖޭގެ ވިޔަފާރިތަކަށާއި އިގުތިސާދީ ދާއިރާތަކަށް ދިރުން ގެނެސްދޭ މި ފަދަ މުހިންމު ހަރަކާތްތަކަށް އެއްބާރުލުންދީ، ޒަމާނީ އާ އީޖާދުތަކަށް މަގުފަހިވެ، ދިވެހިންގެ ދިރިއުޅުމަށް އިތުރު ފާގަތިކަމާއި ކުރިއެރުން ހޯދައިދިނުމަށް އެހީތެރިވެދޭ އިވެންޓްތަކާއި އިނީޝިއޭޓިވްތަކުގައި އެންމެ ކުރީސަފުގައި ބައިވެރިވަމުންނެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް