ads
ފުލުހުން މަގުމަތި ބަލަހައްޓަނީ
މާދަމާ ބައެއް މަގުތައް ބަންދުކުރަން ފުލުހުން ނިންމާ އިއުލާންކޮށްފި
މާދަމާ ބައެއް މަގުތައް ބަންދުކުރަން ފުލުހުން ނިންމާ އެކަން އިއުލާންކޮށްފި އެވެ.
Advertisement
ފުލުހުން ބުނީ މާދަމާ ހެނދުނު 09:15 އިން 10:30 އަށް، އައިޖީސީއެސްއީ އިނގިރޭސި ލިސްނިންގ އިމްތިހާނު ކުރިއަށްދާނެތީ، އެ ވަގުތުތަކުގައި މާލޭގެ ސެކަންޑަރީ ސްކޫލްތައް ހިމެނޭ ސަރަހައްދުތަކުގެ މަގުތައް އާންމު ދަތުރުފަތުރަށް ބަންދުކުރެވޭނެ ކަމަށެވެ.

އެހެންކަމުން، އިމްތިހާނު ކުރިއަށްދާ ވަގުތު، އެ ސަރަހައްދުތަކުގައި ދިރިއުޅުއްވާ އަދި އެ ސަރަހައްދު ބޭނުންކުރައްވާ އެންމެހައި ފަރާތްތަކުން، އިމާރާތްކުރުމުގެ މަސައްކަތްތައް ފަދަ އަޑުގަދަ އަދި ދަރިވަރުންނަށް ދަތިވާނެ އެންމެހައި ކަންކަމުން ދުރުހެލިވުމަށް ފުލުހުން ވަނީ އެދިފަ އެވެ. 
 

ރާއްޖެއިން 8،111 ދަރިވަރުން ބައިވެރިވާ މިއަހަރުގެ ކެމްބްރިޖް އޯލެވެލް އިމްތިހާނު ފެށީ މިދިޔަ މަހުގެ 20 ވަނަ ދުވަހު އެވެ. މި އިމްތިހާނުތައް ނިމޭނީ އަންނަ މަހުގެ 12 ވަނަ ދުވަހުއެވެ. މިއަހަރުގެ އެސްއެސްސީ އިމްތިހާނުގައި 7،776 ދަރިވަރުން ބައިވެރިވި އެވެ.

މި ފަހަރުގެ އިމްތިހާނުގައި މާލޭގައި 25 ސެންޓަރުގައި އިމްތިހާނު ހަދާނެ އެވެ. އެ ސެންޓަރުތަކުގައި އިމްތިހާނު ހަދާ ކުދިންގެ އަދަދަކީ 3222 ދަރިވަރުންނެވެ. އަތޮޅުތެެރޭގައި 242 ސެންޓަރެއްގައި 2869 ދަރިވަރުން އިމްތިހާނު ހަދާނެ އެވެ.


86%
ކަމުގޮސްފި
14%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް