ads
ޗައިނާ ސަރުކާރުން ރާއްޖެއަށް 880 ސޯލާ މަގުބައްތި ހަދިޔާކުރުން
ޗައިނާ އިން 880 ސޯލާ މަގުބައްތި ހަދިޔާކޮށްފި
ޗައިނާ ސަރުކާރުން ރާއްޖެއަށް 880 ސޯލާ މަގުބައްތި ހަދިޔާކޮށްފި އެވެ.
Advertisement

ސޯލާ ލައިޓު ހަދިޔާކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ޗައިނާ ސަރުކާރުގެ ފަރާތުން އެތަކެތި ހަވާލުކުރެއްވުމަށް އެއްބަސްވުމުގައި ސޮއިކުރެއްވީ ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ކޮންގް ޒިއަންހުއާ އެވެ. އަދި ދިވެހި ސަރުކާރުގެ ފަރާތުން އެ ތަކެއްޗާ ހަވާލުވެވަޑައިގަތީ ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބެވެ.

ހައުސިން މިނިސްޓްރީން ބުނި ގޮތުގައި އެ އެއްބަސްވުމުގެ ދަށުން އަމާޒު ހިފާފައި ވަނީ ސާފު ހަކަތަ އާއި ދެމެހެއްޓެނިވި ޖަޒީރާ ތަަރައްގީއަށެވެ.

މީގެ ސަބަބުން ރާއްޖޭގެ އެކި ރަށްރަށުގައި މަގުތައް އަލިކުރުމަށް ކުރެވޭ މަސައްކަތްތަކަށް އިތުރު ފުރިހަމަ ކަމެއް ލިބި، ރާއްޖޭގައި ތިމާވެއްޓާ ރައްޓެހި ސާފު ހަކަތަ ބޭނުންކުރާ މިންވަރު އިތުރުވެގެންދާނެ ކަމަށް މިނިސްޓްރީން ބުންޏެވެ.

ޗައިނާ އަކީ އަބަދު ވެސް ރާއްޖެ އަށް އެކި ގޮތްގޮތުން އެހީވަމުން އަންނަ ގައުމެކެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް