ads
އުރީދޫ
އުރީދޫ އިންޓަ-އޮފީސް އީ-ސްޕޯޓްސް އަށް ހުޅުވާލައިފި
ޖުމްލަ 30،000 ރުފިޔާގެ ފައިސާގެ އިނާމާއެކު، އުރީދޫ ނޭޝަން އިން އިންތިޒާމުކުރާ "އިންޓަ އޮފީސް އީ-ސްޕޯޓްސް ޗެމްޕިއަންޝިޕް 2026" ގައި ބައިވެރިވުމުގެ ފުރުސަތު ރާއްޖޭގެ ކުންފުނިތަކަށާއި އޮފީސްތަކަށް ހުޅުވާލައިފި އެވެ.
Advertisement

މި އަހަރުގެ މުބާރާތުގައި ދުނިޔޭގެ އެންމެ މަގުބޫލު ތިން ގޭމް ކަމަށްވާ ޕަބްޖީ މޮބައިލް، މޮބައިލް ލެޖެންޑްސް އަދި އީއޭއެފްސީ ހިނެނޭ ގޮތަށް މުބާރާތަށް ޖުމްލަ 30،000ރ. ހުށަހަޅައިފަ އެވެ. އެއީ ކޮންމެ ގޭމަކަށް 10،000ރ. މަގުންނެވެ.

* މޮބައިލް ލެޖެންޑްސް: ބޭންގް ބޭންގް (އޮންލައިންކޮށް)

ރަޖިސްޓްރީވުމުގެ ސުންގަޑި: 23 އޮކްޓޫބަރު، ރޭގަނޑު 11:59 ގެ ނިޔަލަށް.
މުބާރާތް ފެށޭ ތާރީޚު: 26 އޮކްޓޫބަރު، ރޭގަނޑު 08:00 ގައި.

* ޕަބްޖީ މޮބައިލް (އޮންލައިންކޮށް)

ރަޖިސްޓްރީވުމުގެ ސުންގަޑި: 25 އޮކްޓޫބަރު، ރޭގަނޑު 11:59 ގެ ނިޔަލަށް
– މުބާރާތް ފެށޭ ތާރީޚު: 30 އޮކްޓޫބަރު، ރޭގަނޑު 08:00 ގައި

* އީއޭއެފްސީ (ލޭން އިވެންޓް)

ރަޖިސްޓްރީވުމުގެ ސުންގަޑި: 1 ނޮވެމްބަރު، ރޭގަނޑު 11:59 ގެ ނިޔަލަށް
– މުބާރާތް ފެށޭ ތާރީޚު: 6 ނޮވެމްބަރު، ހަވީރު 04:00 ގައި އުރީދޫ މޯލްޑިވްސްގެ ހެޑްކުއާޓާސްގައި

ކޮންމެ ގޭމެއްގެ 1 ވަނަ އިނާމަށް 5،000ރ. ގެ ފައިސާގެ އިނާމު ކަނޑައަޅާފައިވާ އިރު ދެވަނަ އަށް 3،000ރ. ދޭނެ އެވެ.
ޕަބްޖީ މޯބައިލް އަދި މޯބައިލް ލެޖެންޑްސްގެ ތިން ވަނަ އިނާމަށް 1،500 ރުފިޔާ އަދި މި ދެ ގޭމްގެ ވެސް އެންމެ މޮޅު ކުޅުންތެރިޔާއަށް 500ރ. ރުފިޔާގެ އިނާމެއް ކަނޑައަޅާފައިވެ އެވެ. އަދި އީއޭއެފްސީގެ ތިންވަނަ އިނާމަށް 2،000ރ. ރުފިޔާ ލިބޭނެ އެވެ.

އުރީދޫ އިން ބުނީ ކޮންމެ މުއައްސަސާއަކަށް ނުވަތަ ކުންފުންޏަކަށްވެސް އެއް ޓީމަށްވުރެ ގިނަ ޓީމު ބައިވެރިކުރުމުގެ ފުރުސަތު އޮންނާނެ ކަމަށެވެ. އަދި ކޮންމެ މުބާރާތުގައި ބައިވެރިވާ މުވައްޒަފުންނަކީ އެ އޮފީހެއްގައި މަދުވެގެން ހަ މަސްދުވަހު މަސައްކަތްކޮށްފައިވާ މުވައްޒަފުންނަށް ވާން ޖެހޭނެ އެވެ.

ޓީމުތައް އެކުލަވާލުމުގައި އަމަލު ކުރަން ޖެހޭ މިންގަނޑުތައް

ޕަބްޖީ މޮބައިލް

ކޮންމެ ޓީމެއްގައި ޖުމްލަ 6 ކުޅުންތެރިން ހިމެނެންވާނެ.
މީގެ ތެރެއިން މަދުވެގެން 4 ކުޅުންތެރިންނަކީ އެ އޮފީހެއްގެ މުވައްޒަފުންނަށް ވާންޖެހޭއިރު، އަނެއް 2 ކުޅުންތެރިންނަކީ އޮފީހުން ބޭރުން ހިމެނިދާނެ ކުޅުންތެރިން.

މޮބައިލް ލެޖެންޑްސް

ކޮންމެ ޓީމެއްގައި ޖުމްލަ 7 ކުޅުންތެރިން ހިމެނެންވާނެ.
މީގެ ތެރެއިން މަދުވެގެން 5 ކުޅުންތެރިންނަކީ އެ އޮފީހެއްގެ މުވައްޒަފުންނަށް ވާންޖެހޭއިރު، ބާކީ 2 ކުޅުންތެރިންނަކީ އޮފީހުން ބޭރުން ބައިވެރިކުރެވިދާނެ ކުޅުންތެރިން.

އީއޭއެފްސީ

މިއީ ވަކިވަކި ކުޅުންތެރިންގެ މެދުގައި ކުރިއަށްދާ ސޯލޯ މުބާރާތެއް.
މި ބައިގައި ބައިވެރިވާ ހުރިހާ ކުޅުންތެރިންނަކީވެސް އެ އޮފީހެއްގެ ރަސްމީ މުވައްޒަފުންނަށް ވާން ޖެހޭނެ.

އިންޓަ އޮފީސް އީ-ސްޕޯޓްސް ޗެމްޕިއަންޝިޕަކީ ރާއްޖޭގައި އީ-ސްޕޯޓްސްގެ ދާއިރާ އިތުރަށް ފުޅާކޮށް ކުރިއެރުވުމަށާއި، ޒަމާނީ މުނިފޫހިފިލުވުމުގެ ތެރެއިން މުވައްޒަފުންގެ މެދުގައި އެކުވެރިކަމާއި އެއްބައިވަންތަކަން ބަދަހިކުރުމުގެ މަގުސަދުގައި އުރީދޫ ނޭޝަނުން ކުރިއަށްގެންދާ މުހިންމު ހަރަކާތެކެވެ.

މި މުބާރާތުގައި ބައިވެރިވާން އެދޭ ކުންފުނިތަކަށާއި އޮފީސްތަކަށް އުރީދޫ ނޭޝަންގެ ވެބްސައިޓް މެދުވެރިކޮށް ރަޖިސްޓްރީވުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލާފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް