ads
ބޭރުގެ ޓުއާ އޮޕަރޭޓަރުން ނަގަން ނިންމި ޓެކްސް އުވާލަން ސަރުކާރުން މަޖިލިހަށް
ރާއްޖޭގައި ޑެސްޓިނޭޝަން ޕްރިންސިޕަލް ތަންފީޒުކޮށް ބޭރުގެ ބުކިން ޕްލެޓްފޯމުތަކާއި ޓްރެވެލް އެޖެންޓުން އަދި ޓުއަ އޮޕަރޭޓަރުން ފޯރުކޮށްދޭ ހިދުމަތުން ޓެކްސް ނަގަން ގާނޫނަށް ގެނައި އިސްލާހު އުވާލަން ސަރުކާރުން ރައްޔިތުން މަޖިލިހަށް ހުށައަޅައިފި އެވެ.
Advertisement

ބޭރުގެ ޓްރެވެލް އެޖެންޓުން އަދި ޓުއަ އޮޕަރޭޓަރުން ފޯރުކޮށްދޭ ހިދުމަތުން މިމަހުގެ ފުރަތަމަ ދުވަހުން ފެށިގެން ޖީއެސްޓީ ނަގާ ގޮތަށް ގާނޫނަށް ގެނައި އިސްލާހު ރައީސް މުހައްމަދު މުއިއްޒު މިއަދު ތަސްދީގު ކުރައްވީ މިދިޔަ އޮގަސްޓްމަހުގެ 31 ވަނަ ދުވަހު އެވެ.

މި ޓެކްސް ނެގުމަށް ހަމަޖެހިފައި އޮތީ މިހާރުވެސް ޓޫރިޒަމް ދާއިރާގެ މުދަލާއި ހިދުމަތުން ޓެކްސް ނަގާ ރޭޓް ކަމުގައިވާ 17 އިންސައްތައިގެ ރޭޓުންނެވެ. 

މި އިސްލާހާ ގުޅިގެން ފަތުރުވެރިކަމުގައ ދާއިރާގައި މަސައްކަތް ކުރާ ފަރާތްތަކުން ވަނީ ބޮޑެތި ކަންބޮޑުވުންތައް ފާޅުކޮށްފަ އެވެ. އަދި އެކަން ހުއްޓާލަން އެފަރާތަކުން ގޮވި ނަމަވެސް ސަރުކާރުން ބުނަމުންދިޔައީ އެ ބަދަލު ގެނެސްފައިވަނީ ދިރާސާތައް ކުރުމަށްފަހުކަމަށެވެ. އެ ގާނޫނަށް އަމަލު ކުރަން ފެށުމާ ދިމާކޮށް ބޭރުގެ ބައެެއް ޓުއާ އޮޕަރޭޓަރުން ވަނީ ރާއްޖެ ވިއްކުން ހުއްޓާލާފަ އެވެ. 

އެއާއި އެކު އެ ގާނޫނަށް ސަރުކާރުން ބަދަލު ގެންނަން ނިންމިކަން ސަރުކާރުން އިއުލާންކުރީ މިމަހުގެ 4 ވަނަ ދުވަހު އެވެ. 

ބޭރުގެ ޓުއާ އޮޕަރޭޓަރުން ނަގަން ނިންމި ޓެކްސް އުވާލަން ސަރުކާރުން މިއަދު ވަނީ ރައްޔިތުން މަޖިލިހަށް ހުށައަޅާފަ އެވެ. ސަރުކާރުގެ ފަރާތުން މި ބިލް މަޖިލިހަށް ހުށައެޅުއްވީ ކޮލަމާފުށީ ދާއިރާގެ މެންބަރު އިބްރާހިމްދީދީ އެވެ.

އެ ބިލުގައިވަނީ ބޭރު ޓުއާ އޮޕަރޭޓަރުން އަތުން ޓެކްސް ނަގަން ހިމަނާ ޓެކްސްގެ ގާނޫނުގައި ހިމެނި ހުރިހާ މާއްދާއެއް އުނިކުރުމަށް އެދިފަ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
100%
ވަރަށް ސަލާމް
ކޮމެންޓްސް