މި ހާދިސާ ހިނގާފައިވަނީ އަޅުކަމުގެ ހަރަކާތްތައް ވަގުތުން ލައިވްކޮށް ދައްކަމުންދަނިކޮށް، ފައްޅީގައި ތިބި އަޅުކަންވެރިންނާއި އޮންލައިންކޮށް ބަލަމުންދިޔަ ގިނަ ބަޔެއްގެ ކުރިމަތީގަ އެވެ.
މައުލޫމާތު ލިބޭގޮތުގައި، އިކުއެޑޯގައި ހިންގި މި އަޅުކަމުގެ ސާވިސްގެ ތެރެއިން ކެތޮލިކް ފާދިރީ މަރުވާން ދިމާވީ، އޭނާ އަޅުކަން ކުރަން ހުރި ވަގުތު އޭނާގެ ސީދާ ގަޔަށް ވަރަށް ބަރު އަދި ބޮޑު ލަކުޑި ސަލީބެއް ވެއްޓުމުގެ ސަބަބުންނެވެ. މި ސަލީބު ވެއްޓުނު އިރު ފާދިރީ ހުރީ އަޅުކަމުގެ ރަސްމިއްޔާތުގެ ހަރަކާތްތައް ސީދާ ކުރިއަށް ގެންދިއުމުގެ މަސައްކަތުގަ އެވެ.
މި އަޅުކަމުގެ ހަރަކާތަކީ އިންޓަނެޓް މެދުވެރިކޮށް ވަގުތުން ލައިވްސްޓްރީމް ކުރަމުންދިޔަ ހަރަކާތަކަށްވާތީ، މި ހިތާމަވެރި ހާދިސާ ހިނގި މަންޒަރު ފައްޅީގައި ހާޒިރުވެ ތިބި މީހުންގެ އިތުރުން އޮންލައިންކޮށް މި ރަސްމިއްޔާތު ބަލަމުންދިޔަ ފަރާތްތަކަށް ވަނީ ސީދާ ފެނިފަ އެވެ.
ކުއްލިއަކަށް ސަލީބު ވެއްޓި ހިނގި މި ހާދިސާއާއެކު، ފައްޅީގައި ތިބި އަޅުކަންވެރިންނަށާއި އޮންލައިންކޮށް މަންޒަރު ދުށް މީހުންނަށް ވަނީ ބޮޑު ސިއްސައިގެން ދިއުމަކާއި ސޮކެއް ލިބިފަ އެވެ.