ޑެޕިއުޓީ ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަންގެ މަޤާމަށް އަހުމަދު ޝަފްނީޒް އައްޔަންކުރަން ފާސްކުރައްވާފައިވަނީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 55 މެމްބަރުންގެ އިއްތިފާގުންނެވެ. ޝަފްނީޒް މިހާތަނަށް ހުންނެވީ މީރާގެ އެޑްމިނިސްޓްރޭޝަން އެންޑް ފައިނޭންސް ޑިރެކްޓާ ޖެނެރަލްގެ މަގާމުގަ އެވެ.
އިގްތިސާދީ ކޮމިޓީ އިން އެ ދެ ބޭފުޅުންނާއި އިންޓަވިއުކުރައްވާފައިވާއިރު، ދެ ބޭފުޅުންނަށް ވެސް ވަނީ 75 މާކްސްއަށް ވުރެ މަތިން ލިބިފަ އެވެ.
މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) ގެ ޑެޕިއުޓީ ކޮމިޝަނަރ ޖެނެރަލްގެ މަގާމު ހުސްވީ، ކުރިން އެ މަގާމުގައި ހުންނެވި ފާޠިމަތު އަމީޒާ، މިދިޔަ ޖުލައި މަހުގެ 19 ވަނަ ދުވަހު ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަންގެ މަގާމަށް އައްޔަންކުރެއްވުމާ ގުޅިގެންނެވެ.