ads
ކަސްޓަމްސް
ކިލޯއަކަށް ވުރެ ގިނަ ޑްރަގު ދިރުވާލައިގެން އެތެރެކުރަން އުޅުނު 2 މީހަކު އަތުލައިގެންފި
ކިލޯއަކަށް ވުރެ ގިނަ ޑްރަގު ދިރުވާލައިގެން އެތެރެކުރަން އުޅުނު 2 މީހަކު އަތުލައިގެންފި އެވެ.
Advertisement
ކަސްޓަމުން ބުނީ މި އަތުލައިގަތީ ތައިލެންޑުން ރާއްޖެއަށް އައި ނޭޕާލަށް ނިސްބަތްވާ ދެ ފަސިންޖަރެއްގެ އަމަލުތައް ހުރި ގޮތުން ޝައްކު ކުރެވިގެން ކަސްޓަމްސްއިން އެ މީހުންނާ ސުވާލުކޮށް، އިތުރަށް ބަލައި ފާސްކުރުމުގެ ތެރޭގަ އެވެ. މީހުން އަތުލައިގަތީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުންކަމަށް ކަސްޓަމުން ބުނެ އެވެ. 

ކަސްޓަމުން ހާމަކުރި ގޮތުން މި ދެމީހުން އަތުލައިގަތީ މިދިޔަ މަހުގެ 24 ވަނަ ދުވަހު އެވެ. މި މީހުން ދިރުވައިލައިގެން ގެނައި މަސްތުވާތަކެތީގެ ބަރުދަނުގައި 1.12 ކިލޯ ހުރިކަމަށް ކަސްޓަމުން ބުނެ އެވެ. އަދި އެތަކެތި ދިރުވާލައިގެން އައި މީހުންގެ ހަށިގަނޑުން 142 ބްލެޓް ނަގާފައިވާކަމަށް ކަސްޓަމުން ބުނެ އެވެ. 

މި މީހުން އެތެރެކުރި މަސްތުވާތަކެތީގެ ތެރޭގައި ހިމެނެނީ 51.6 ގްރާމް މޯފިން، 424 ގްރާމް ކޮކެއިން، 708.2 ގްރާމް ހެރޮއިންކަމަށްވެސް ކަސްޓަމުން ބުނެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް