ads
ވ. ތިނަދޫ ކައުންސިލްގެ ރައީސްގެ ބައި-އިލެކްޝަން، އެމްޑީޕީގެ ޓިކެޓް ޝުޖާއުއަށް
ވ. ތިނަދޫ ކައުންސިލްގެ ރައީސް ގޮނޑި ގެއްލުނު ކަމަށް ލޯކަލް ގަވަރުމަންޓް އޮތޯރިޓީ (އެލްޖީއޭ)ން ނިންމުމުން ބާއްވާ ބައި-އިލެކްޝަންގައި ވާދަކުރުމަށް އެމަގާމުގައި ކުރިން ހުންނެވި އަލީ ޝުޖާއުއަށް އެމްޑީޕީގެ ޓިކެޓް ދީފި އެވެ.
Advertisement

ވ. ތިނަދޫ ކައުންސިލުގެ ރައީސް ސުޖާއު އަލީ، މި ހިނގާ ދައުރުގެ ތެރޭގައި ޕާޓީ ބަދަލުކުރި ކަމަށް ބުނެ، އޭނާގެ ގޮނޑި ގެއްލިފައިވާކަމަށް ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) އިން ކަނޑައެޅީ މިދިޔަ ޖުލައިމަހުގެ 3 ވަނަ ދުވަހު އެވެ. 

ޝުޖާއު ތިނަދޫ ކައުސިލަށް އިންތިހާބުވެވަޑައިގަތީ ދަ ޑިމޮކްރެޓްސްގެ ޓިކެޓެއްގަ އެވެ. ނަމަވެސް ސިޔާސީ ޕާޓީއެއްގައި ތިބުން ލާޒިމު 3000 މެމްބަރުން ހަމަނުވާތީ އިލެކްޝަންސް ކޮމިޝަނުން ވަނީ އެ ޕާޓީ މިހާރު ވަނީ އުވާލާފަ އެވެ. އެއާއިއެކު ޝުޖާއު ވަނީ އެމްޑީޕީއާއި މިހާރު ގުޅިވަޑައިގެންފައެވެ. 

ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީގެ މަގާމު ގެއްލިޖެކަމަށް ކަނޑައަޅާ އެލްޖީއޭއިން ނެރުނު ބަޔާނުގައި ބުނީ މި އަހަރުގެ ލޯކަލް ކައުންސިލް އިންތިހާބުގައި ތިނަދޫ ކައުންސިލްްގެ ރައީސް ކަމަށް ދަ ޑިމޮކްރެޓްސްގެ ހައިސިއްޔަތުން އިންތިހާބުވުމަށް ފަހު ދައުރު ފެށުނު ފަހުން މެއި 19 ވަނަ ދުވަހު އެމްޑީޕީގެ މެންބަރެއްގެ ގޮތުގައި އީސީގައި ދަފްތަރުވެފައިވާކަން ކޮމިޝަނުން އަންގާފައިވާ ކަމަށެވެ. 

ވ. ތިނަދޫ ކައުންސިލްގެ ރައީސްގެ ބައި-އިލެކްޝަންގައި ވާދަކުރަން އެމްޑީޕީގެ ޓިކެޓަށް ހުޅުވާލުމުން ކުރިމަތިލެއްވީ ޝުޖާއު އެކަންޏެވެ. އެެހެންކަމުން ޕްރައިމަރީއަކަސް ނުގޮސް ޝުޖާއުއަށް އެމްޑީޕީގެ ޓިކެޓް އެ ވަނީ ލިިބިވަޑައިގެންފަ އެވެ.

އިލެކްޝަންސް ކޮމިޝަނުން ވަނީ ވ. ތިނަދޫ ކައުންސިލުގެ ރައީސް ބައި-އިލެކްޝަން، އަންނަ ނޮވެންބަރު 28 ވާ ހޮނިހިރު ދުވަހު ބާއްވާގޮތަށް ނިންމާފައެވެ އަދި އެމަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިމަހުގެ 26 ވާ ހޯމަ ދުވަހުގެ 14:00 އާ ހަމައަށް ވަނީ ހުޅުވާލާފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް