ads
އިލްމުވެރިންގެ ގުޅުމުން ވަކިވި ސަލަފްގެ ބައެއް މެމްބަރުންނާއި އެ ގުޅުމުގެ ރައީސްކަމުން އިއސްތިއުފާދެއްވި ހަލީމް (ވ)
އިލްމުވެރިންގެ ގުޅުމުގައި ތިބި ސަލަފުގެ ބައެއް މެމްބަރުން އެ ގުޅުމުން ވަކިވެއްޖެ
އިލްމުވެރިންގެ ގުޅުގައި ތިބި ސަލަފު ޖަމިއްޔާއަށް ނިސްބަތްވާ ބައެއް މެމްބަރުން އެގުޅުމުން ވަކިވެއްޖެ އެވެ.
Advertisement

އިލުމުވެރިންގެ ގުޅުމުން ވަކިވި ސަލަފުގެ މެމްބަރުންގެ ތެރޭގައި އެ ޖަމުއިއްޔާގެ ރައީސް އަބްދުﷲ މުހައްމަދާއި އެ ޖަމިއްޔާގެ ތަރުޖަމާން އައްޝައިހް ހަސަން މޫސާ ފިކުރީ އާއި ސަލަފުގެ އިލްމުވެރީންގެ މަޖިލީހުގެ މެންބަރު ޑރ. އަލީ ޒާހިރު ހިމެނިވަޑައިގަންނަވަ އެވެ. 

އޭގެއިތުރުން އިލްމުުވެރީންގެ ގުޅުމުގެ ރައީސްގެ މަގާމުގައި ހުރި އައްޝައިހް މުހައްމަދު ހަލީމް ވަނީ  އެ މަގާމުން އިސްތިއުފާ ދެއްވާފަ އެވެ. ސަލަފަށް ނިސްބަތްވެވަޑައިގަންނަވާ ހަލީމް މަގާމުން އިސްތިއުފާ ދެއްވި ނަމަވެސް އެ ގުޅުމުން ވަކިވެފަ އެއް ނުވެއެވެ. 

ސަލަފަށް ނިސްބަތްވެޑައިގަންނަވާ ބައެއް މެމްބަރުން އިލްމުވެރިންގެ ގުޅުމުން ވަކިވެފައި މިވަނީ ސަރުކާރުން ރަސްމާގެ 500 ހެކްޓަރު ދުބާއީގެ އީގަލް ކުންފުންޏަށް ދިނުމަށް ނިންމާފައިވާ ނިންމާއި ގުޅިގެން އިލުމެވެރިންގެ ގުޅުމުގެ ގިނަ އިލްމުވެރިން ސަރުކާރަށް ފާޑުކިޔަމުން ގެންދާ ދަނޑިވަޅެއް ގައެވެ. 

އެގޮތުން ރަސްމާލެ 99 އަހަރަށް އީގަލްސް ކުންފުންޏަށް ދިނުމަކީ ރާއްޖޭގެ ރާއްޖޭގެ އިސްލާމީ ވަހުދަތައް ނުރައްކާވެދާނެކަަމެެއް ކަމަށް ބައެއް އިލުމުވެރިން އަންނަނީ ބުނަމުން ނެވެ. އަދި ރަސްމާލެ އީގަލްސް ކުންފުންޏަށް ދީފި ނަމަ ރާއްޖޭގައި ޔަހޫދީން އާބާދުވުމުގެ ފުރުސަތު ބޮޑުކަމަށްވެސް ބައެއް އިލްމުވެރިން އަންނަނީ ބުނަމުން ނެެވެ.


0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް