ads
އާއްމު އުނދަގޫ ކުރާ ކަމަށް ތުހުމަތު ކުރެވޭ މީހާ
އާންމު އުނދަގޫ ކުރާ މީހާ، ތުހުމަތުތަކަށް އިންކާރުކޮށްފި
މާލޭގައި ތަކުރާރުކޮށް މީހުންނަށް ގޯނާކޮށް އުނދަގޫކުރަމުންދިޔަ މައްސަލައިގައި ހައްޔަރުކުރި މީހާ، އޭނާގެ މައްޗަށް ކުރެވޭ ތުހުމަތުތަކަށް ކޯޓުގައި އިންކާރުކޮށްފިއެވެ.
Advertisement

އެ މައްސަލައިގައި އާންމު އުނދަގޫ ކުރާ ކަމަށް ތުހުމަތުކޮށްފައިވަނީ، މީގެ ކުރިން ވެސް ބަންދު ރެކޯޑެއް އޮތް، ހއ. ހޯރަފުއްޓަށް ނިސްބަތްވާ އުމުރުން 43 އަހަރުގެ އަޙުމަދު ފައިރިޝްއަށެވެ. 

ކްރިމިނަލް ކޯޓުން ވަނީ އޭނާގެ ބަންދަށް 15 ދުވަސް ޖަހައިދީފައެވެ. ކްރިމިނަލް ކޯޓުން މިއަދު އޭނާގެ ބަންދަށް ދިން 15 ދުވަހުގެ މުއްދަތު ހަމަވާނީ އަންނަ ނޮވެމްބަރު މަހުގެ ދެވަނަ ދުވަހަށެވެ.

އޭނާގެ މައްޗަށް ފުލުހުން ކުރާ ތުހުމަތުތަކުގެ ތެރޭގައި މީހުންނަށް ބިރުދެއްކުމާއި، މުދަލަށް ގެއްލުން ދިނުމާއި، މާރާމާރީ ހިންގުމުގެ އިތުރުން ފުލުހުންގެ ދައުރު އަދާކުރުމަށް ހުރަސްއެޅުން ހިމެނެއެވެ.

ކޯޓުގައި އޭނާ މި ތުހުމަތުތަކަށް އިންކާރުކުރި ނަމަވެސް، ކޯޓު އަމުރުގައި ބުނެފައިވަނީ އޭނާގެ މައްޗަށް ތުހުމަތުކުރެވޭ ކުށް އޭނާ ކުރި ކަމަށް ބެލެވޭ އެކަށީގެންވާ މިންވަރެއްގެ ހެކި ލިބިފައިވާ ކަމަށެވެ. އެގޮތުން އަނިޔާ ލިބުނު ފަރާތުގެ ބަޔާނާއި، ފުލުހުންގެ ހާދިސާ ރިޕޯޓުގެ އިތުރުން ބަންދު ލޮގު ފުލުހުންގެ ފަރާތުން ކޯޓަށް ހުށަހަޅާފައިވާ ކަމަށް އަމުރުގައި ފާހަގަކޮށްފައިވެއެވެ.

މި މައްސަލައިގައި އޭނާ ހައްޔަރުކޮށްފައިވަނީ، އޭނާގެ ފަރާތުން ލިބޭ އުނދަގޫތަކަށް ހައްލެއް ނުލިބި ގިނަ ދުވަސްތަކެއް ވެފައިވާތީ، މުހައްމަދު ސައީދު ނަމަކަށް ކިޔާ މީހަކު ހެންވޭރު ޕޮލިސް ކައިރީގައި ބަނޑުހައިހޫނުކަމުގެ ހަޅުތާލެއް ކުރަމުންދަނިކޮށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް