ޓޫރިޒަމް މިނިސްޓްރީން މިއަދުކުރި އިއުލާނެއްގައި ބުނީ ކޮންސެޝަން ރޭޓުތަކާއެކު ދެ އަހަރު ދުވަހުގެ މުއްދަތަށް މި ލުއިތައް ލިބިގެންދާނީ ހއ، ހދ، ށ، ތ، ލ އަދި އައްޑޫ އަތޮޅަށް އެކަނި ކަމަށެވެ.
އާ އުސޫލުގައިވާ ގޮތުން ރަށްރަށުގެ ބިމުގެ ބޮޑުމިން ބަލާނީ މީން ޓައިޑް ލައިން އެތެރޭގައި ހިމެނޭ ސަރަހައްދު ސާވޭ ކުރުމަށްފަހު އެވެ.
ޓޫރިޒަމް މިނިސްޓްރީން ބުނީ އާ އުސޫލުގެ ދަށުން ފަޅު ހިއްކުމުގެ ހުއްދަދޭނީ ހިއްކާ ސަރަަަަަހައްދުގެ އެކުއިޒިޝަން އަގު ދެއްކުމުން ކަމަށެވެ. ހިއްކާ ސަރައްދުގެ އެކުއިޒިޝަން ކޮސްޓް ހިސާބުކުރާނީ އެ އަތޮޅަކަށް ކަނޑައަޅާފައިވާ ހެކްޓަރެއްގެ ރޭޓާއި، ހިއްކަން ހުށަހަޅާ ސަރަހައްދުގެ ބޮޑުމިން ގުނަކުރުމަށްފަހު، އެ އަދަދުގެ 70 އިންސައްތަ ނަގައިގެންނެވެ.
ކްރޮސް ސަބްސިޑީއަކީ، ދައުލަތުގެ އާންމު މަންފާއަކަށް ޓަކައި ހާސިލުކުރަން ބޭނުންވާ އިގުތިސާދީ ސިޔާސަތެއްގެ ދަށުން ނުވަތަ އިޖުތިމާއީ ސިޔާސަތެއްގެ ދަށުން، ދުރާލައި އިއުލާނުކޮށްފައިވާ އުސޫލުތަކެއްގެ މަތިން ހިންގާ މަޝްރޫއެއް ހަވާލުކުރެވޭ ފަރާތަކުން، ދުރާލައި ކަނޑައަޅައިފައިވާ އަދަދަކަށް އެ ފަރާތުގެ އަމިއްލަ ފައިސާ އިންވެސްޓްކޮށްގެން އެ މަސައްކަތް ކުރާ ކަމަށް ޓަކައި، އެ މަސައްކަތުގެ އަގުގެ މުގާބިލުގައި ދައުލަތުން އެ ފަރާތަށް ދޭ އިނާޔަތެއްގެ ގޮތުގައި ނުވަތަ ލުޔެއްގެ ގޮތުގައި ނުވަތަ ބަދަލެއްގެ ގޮތުގައި ދޫކުރާ ރަށް ނުވަތަ ބިން ނުވަތަ ފަޅަށެވެ.