ads
ފްލެޓުތަކުގެ ބެލްކަނީގައި ރެއިލިން ހަރުކުރުމުގެ މަސައްކަތް ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ)ން ކުރަނީ - ފޮޓޯ: އެޗްޑީސީ
220 އެޕާޓްމަންޓެއްގެ ކުޑަދޮރުތަކުގައި ރެއިލިން ހަރުކޮށްފި
ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ ބެލުމުގެ ދަށުގައި ހުރި އެއްމެދު އިމާރާތްތަކުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރަން ފެށި މަސައްކަތުގެ ތެރެއިން މިހާތަނަށް 220 އެޕާޓްމަންޓްގައި ރެއިލިން ހަރުކޮށްފި އެވެ.
Advertisement

އެޗްޑީސީން މިއަދު ބުނީ ހުޅުމާލޭގެ ފްލެޓްތަކުގެ ކުޑަދޮރުތަކާއި ބެލްކަނީ ރެއިލިންތައް ގަވާއިދާ އެއްގޮތަށް ހުރިތޯ ބަލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ސެޕްޓެންބަރު 30 ގެ ނިޔަލަށް އެ ފުރުސަތު ހުޅުވާލުމުން 1,011 ފަރާތަކުން ވަނީ އެކަމަށް އެދިފައި ކަމަށެވެ.

މިހާތަނަށް 220 އެޕާޓްމަންޓެއްގެ ޖުމުލަ 273 ކުޑަދޮރުގައި ވަނީ ރެއިލިން ހަރުކޮށްފައިވާ ކަމަށާއި، އަދި އެހީއަށް އެދިފައިވާ އެހެން އެޕާޓްމަންޓްތަކުގެ މަސައްކަތް ވެސް މެދުކެނޑުމެއް ނެތި މިހާރު ދަނީ ބާރަށް ކުރިއަށްކަމަށް އެޗްޑީސީން ބުންޏެވެ.

އެޗްޑީސީން ބުނީ، އެ ކުންފުނީގެ ބެލުމުގެ ދަށުގައިވާ ހުރިހާ އިމާރާތްތަކާއި އާންމު ސަރަހައްދުތަކުގެ ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި މިފަދަ އިތުރު މުހިންމު ފިޔަވަޅުތައް ކުރިއަށް އޮތް ތަނުގައިވެސް އަޅަމުން ގެންދާނެ ކަމަށެވެ.

އެޗްޑީސީގެ ބެލުމުގެ ދަށުގައިވާ އިމާރާތްތަކާއި އެ ނޫންވެސް ތަންތަނުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރަން ގިނަ މަސައްކަތްތަކެއް މިހާރުވެސް އަންނަނީ ކުރަމުންނެވެ. އެޗްޑީސީން ވަނީ އެ ކޯޕަރޭޝަނުން ކުރަމުން އަންނަ މި ފަދަ މަސައްކަތްތަކުގައި އާންމުން ދޭ އެއްބާރުލުމަށް ޝުކުރު އަދާކޮށްފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް