ads
ރަންބީރު ކަޕޫރު
ހޮލީވުޑް ތަރިންނާއެކު "ރާމާޔަން" ގެ ޕްރިމިއާ އެމެރިކާގައި
ޑައިރެކްޓަރު ނިތޭޝް ތިވާރީ އުފައްދާ ފިލްމު "ރާމާޔަން" ގެ ހާއްސަ އަދި ކުލަގަދަ ޕްރިމިއާއެއް، ހޮލީވުޑްގެ މަޝްހޫރު ތަރިންނާއެކު އެމެރިކާގެ ލޮސް އެންޖެލިސްގައި ބޭއްވުމަށް ތައްޔާރުވާން ފަށައިފި އެވެ.
Advertisement

ބޮލީވުޑްގެ މަޝްހޫރު އެކްޓަރު ރަންބީރު ކަޕޫރު އަދި ކަންނަޑާ ސުޕަސްޓާރު ޔަޝް މުހިންމު ރޯލުތަކުން ފެނިގެންދާ މި ފިލްމަކީ އިންޑިއާގެ ސިނަމާގެ ތާރީހުގައި ވެސް މިހާތަނަށް އުފައްދާ އެންމެ އަގުބޮޑު އެއް ފިލްމެވެ.

މި ފިލްމު ބައިނަލްއަގުވާމީ ފެންވަރުގައި ޕްރޮމޯޓްކުރުމަށްޓަކައި ޕްރޮޑަކްޝަން ޓީމުން އަންނަނީ ވަރަށް ފުޅާ ދާއިރާއެއްގައި މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން ލޮސް އެންޖެލިސްގެ މަޝްހޫރު އެކެޑެމީ މިއުޒިއަމްގައި ބާއްވާ މި ރެޑް ކާޕެޓް ހަފުލާއަށް، ހޮލީވުޑްގެ އެންމެ ކުރީ ސަފުގެ ފަންނާނުންނާއި ދުނިޔޭގެ ނުފޫޒުގަދަ ފިލްމީ ޝަހުސިއްޔަތުތަކަށް ވަނީ ދައުވަތު ދީފައެވެ.

ފިލްމުގެ ޕްރޮޑިއުސަރު ނަމިތު މަލްހޯތުރާއާ ގުޅިގެން ހޮލީވުޑްގެ މަޝްހޫރު މިއުޒިކް ކޮމްޕޯޒަރު ހާންސް ޒިމާ އަދި އޭ އާރު ރަހްމާން ވަނީ މި ފިލްމުގެ މިއުޒިކް ތައްޔާރުކުރުމުގައި ބައިވެރިވެފައެވެ. މިއީ ހުޅަނގުގެ މާކެޓަށް މި ފިލްމު ފުޅާކޮށް ގެންދިއުމަށް އެޅި ވަރަށް މުހިންމު ފިޔަވަޅެއްގެ ގޮތުގައި މީޑިއާ ރިޕޯޓްތައް ބުނެއެވެ. 

މި ޕްރޮޖެކްޓާ ގުޅޭގޮތުން ޕްރޮޑަކްޝަން ޓީމުގެ އިސް އޮފިޝަލަކު ބުނީ، "ރާމާޔަން" އަކީ ހަމައެކަނި އިންޑިއާގެ ބެލުންތެރިންނަށް ހާއްސަ ފިލްމެއް ނޫން ކަމަށާއި، ދުނިޔޭގެ ފެންވަރުގައި އިންޑިއާގެ ތާރީހާއި ސަގާފަތް ދައްކުވައިދޭނެ ފުރިހަމަ އުފެއްދުމެއް ކަމަށެވެ. އަދި ހޮލީވުޑްގެ ސަމާލުކަން މި ފިލްމަށް ލިބިގެންދާނެ ކަމަށް އުންމީދުކުރާ ކަމަށް ވެސް އޭނާ ބުންޏެވެ.

ދެ ބަޔަކަށް ބަހާލައިގެން ގެނެސްދޭ މި ފިލްމުގެ ފުރަތަމަ ބައި ސިނަމާތަކަށް ގެނައުމަށް ހަމަޖެހިފައިވަނީ 2026 ވަނަ އަހަރުގެ ދިވާލީގައެވެ. ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ފިލްމު އެޅުވުމުގެ ކުރިން ބާއްވާ މި ޕްރިމިއާ ވެގެންދާނީ އިންޑިއާގެ ސިނަމާ ބައިނަލްއަގުވާމީ ޕްލެޓްފޯމެއްގައި ފާހަގަކޮށްލެވޭނެ ތާރީހީ ހަރަކާތަކަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް