ads
ޖިންސީ ގޯނާއާއި ދެކޮޅަށް ކުރި މުޒާހަރާއެއްގެ ތެރެއިން
ޖިންސީ ގޯނާގެ ތުހުމަތު އޮތް މީހަކު ދޫކޮށްލި އަމުރު ހައިކޯޓުން ބާތިލުކޮށްފި
އުމުރުން 13 އަހަރުގެ ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައެއްގައި ޝަރީޢަތް ނިމެންދެން ބަންދުކޮށްފައި ހުރި މީހަކު ދަށު ކޯޓުން ދޫކޮށްލުމަށް ނެރުނު އަމުރު ހައިކޯޓުން ބާތިލުކޮށްފި އެވެ.
Advertisement

މި މައްސަލަ ޕްރޮސިކިއުޓަރ ޖެނެރަލްގެ ފަރާތުން އިސްތިއުނާފު ކުރުމުން، ހައިކޯޓުގެ ތިން ފަނޑިޔާރުންގެ އިއްތިފާޤުން ކުރެއްވި ޙުކުމުގައި ފާހަގަކުރެއްވި މުހިންމު ކަންކަމުގެ ތެރޭގައި ހެކިބަސް ނެގި ނަމަވެސް އަދިވެސް ހެކިންނަށް ނުފޫޒު ފޯރުވުމުގެ އިހުތިމާލު އޮތް ކަމަށާއި، ޚާއްޞަކޮށް އޭނާއަކީ އަނިޔާ ލިބުނު ކުއްޖާގެ ގޭގެ ދޮރުމަތީގައި ދިރިއުޅޭ މީހަކަށްވާތީ އެ ފުރުޞަތު ބޮޑުކަން ހިމެނެ އެވެ. 

އެ މީހާގެ ކުށުގެ ރެކޯޑެއް ނެތުމަކީ ބަންދުކުރިއިރުވެސް އޮތް ހާލަތެއް ކަމުން އެއީ ބަދަލުވި ހާލަތެއް ކަމަށް ނުބެލެވޭނެ ކަމާއި، މައްސަލަ ލަސްވެ ބަންދުގައި ގިނަ ދުވަސްވުމަކީ ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު އަމަލުކުރާ ޚާއްޞަ ޤާނޫނުގެ ދަށުން ބަންދުން ދޫކޮށްލެވޭނެ ސަބަބެއް ނޫންކަން ހައިކޯޓުން ފާހަގަކުރި އެވެ.

ހައިކޯޓުން ވަނީ ދަށު ކޯޓުގެ އަމުރު ބާތިލުކޮށް، އޭނާ އަލުން ބަންދުކުރުމަށް އެދި ހަތް ދުވަހުގެ ތެރޭގައި ޕީޖީން ހުށަހަޅައިފިނަމަ، އެކަމާމެދު ކުރު މުއްދަތެއްގެ ތެރޭގައި ގޮތެއް ނިންމުމަށް ދަށު ކޯޓަށް އަމުރުކޮށްފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް