ads
މީހެއްގެ އުނދަގޫ ބޮޑުވުމުން ފުލުހުންގެ އިދާރާ ކައިރީގައި ހަޅުތާލު ކުރަމުން އަންނަ މުހައްމަދު ސައީދު: އިދާރާތަކުން އެއްބާރުލުން ލިބޭނެކަން އެނގުމުން ސައީދު ވަނީ ހަޅުތާލު ނިންމާލައިފައި - ފޮޓޯ: މިހާރު
އިދާރާތަކުގެ އެއްބާރުލުން ލިބޭނެ ކަމުގެ ޔަގީންކަން ލިބުމުން ސައީދު ހަޅުތާލު ނިންމާލައިފި
އާއިލާ އާއި އަވަށްޓެރިންނަށް މިދިޔަ ދޮޅު އަހަރެއްހާ ދުވަހުގެ އެތައް އުނދަގުލެއް ކޮށްފައިވާ އަހްމަދު ފައިރިޝްގެ މައްސަލައިގައި އިދާރާތަކުގެ ފުރިހަމަ އެއްބާރުލުން ލިބޭނެކަން ޔަގީންވުމުން މުހައްމަދު ސައީދު އޭނާގެ ބަނޑުހައިހޫނުކަމުގެ ހަޅުތާލު ނިންމާލައްވައިފި އެވެ.
Advertisement

ބީއެމްއެލްގެ ހެޑް އޮފް މާކެޓިން އެންޑް ސްޓްރެޓެޖީ ސައީދު ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ 35 ގަޑިއިރަށް ފަހު، އޭނާގެ ބަނޑުހައިހޫނުކަމުގެ ހަޅުތާލު ނިންމާލީ މި މައްސަލައިގައި ކުރިއަށް އޮތް ތަނުގައި އެހީތެރިކަން ފޯރުކޮށްދޭނެ ކަމުގެ ޔަގީންކަން ކަމާބެހޭ އިދާރާތަކުން ދީފައި ވާތީ ކަމަށެވެ. 

"ހޯމް މިނިސްޓަރު އަލީ އިހުސާން އަމިއްލަފުޅަށް ވެވަޑައިގެންނެވި ވައުދަށް ޝުކުރު އަދާކުރަން. މި ވެވަޑައިގެންނެވި ވައުދުތައް ފުރިހަމައަށް އަމަލީ ސިފައެއް އަންނަކަން ކަށަވަރުކުރުމަށް އަހަރެން މިކަންކަން ފާރަވެރިކަމާ އެކު ބަލަމުންދާނަން،" ސައީދު ވިދާޅުވި އެވެ.

އާންމު އުނދަގޫ ކުރާ މީހެއްގެ މައްސަލައެއް ދޮޅު އަހަރުވީއިރު ވެސް ހައްލުނުވާ ކަމުގެ ކަންބޮޑުވުމާއެކު، ޒިންމާދާރު މަގާމެއް ފުރުއްވާ މުޙައްމަދު ސައީދު ބަނޑުހައިހޫނުކަމުގެ ހަޅުތާލެއް މާލޭގެ ހެންވޭރު ޕޮލިސް ސްޓޭޝަނު ކައިރީގައި ފަށާފައިވަނީ އިއްޔެ އެވެ. 

ހެންވޭރު އާދަމް ހަލީމް ބިލްޑިންގުގައި އިހުތިޖާޖު ފެށި އަހުމަދު ސައީދު ބުނި ގޮތުގައި، އަހުމަދު ފާރިސް ނަމަކަށް ކިޔާ އެ މީހާ މަގުމަތިން ދާ މީހުންނަށް ހަޅޭއްލަވައި، އެއްޗެހި އުކައި އަދި އާންމު އިޖުތިމާއީ މިންގަނޑާ ހިލާފު އަމަލުތައް ކުރާތާ އަހަރަކަށް ވުރެ ގިނަ ދުވަސް ވެއްޖެއެވެ. އަދި އެކަމުގެ ހެކިތައް ފުލުހުންނާ ހިއްސާކޮށް އެތައް ފަހަރަކު ޝަކުވާ ހުށަހެޅި ނަމަވެސް އެކަށީގެންވާ ހައްލެއް ލިބިފައި ނުވާ ކަމަށް އޭނާ ބުންޏެވެ.

މި މައްސަލައާ ގުޅިގެން ފުލުހުން ބުނެފައިވަނީ، އާންމުންނަށް އުނދަގޫކުރާ ފާރިސް މީގެ ކުރިން ވެސް ގާތްގަނޑަކަށް 30 ފަހަރު ހައްޔަރުކޮށް ފިޔަވަޅު އަޅާފައިވާ ކަމަށެވެ.
ސައީދުގެ ހަޅުތާޅާ އެކު މި މައްސަލަ މީޑިއާތަކުގެ ސަމާލުކަމަށް އައުމުން ފުލުހުން ވަނީ އަނެއްކާވެސް ފާރިސް ހައްޔަރުކޮށް، ހަޅުތާޅު ނިންމާލުމަށް ސައީދުގެ ކިބައިން އެއިރު ވަނީ އެދިފައި އެވެ. ނަމަވެސް، ނިޒާމަށް އިތުބާރު ނެތް ކަމަށް ބުނެ ސައީދު ވަނީ ހަޅުތާޅު ކުރިއަށް ގެންދަން އެއިރު ވަނީ ނިންމާފައި އެވެ. 

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް