ads
ރައީސް ޑރ. މުއިއްޒު އަންނަ އަންގާރަ ދުވަހު ޕާކިސްތާނަށް ވަޑައިގަންވަނީ
ރައީސް ޑރ. މުހައްމަދު މުއިއްޒު ރަސްމީ ދަތުރުފުޅެއްގައި އަންނަ އަންގާރަ ދުވަހު ޕާކިސްތާނަށް ވަޑައިގަންނަވާނެކަމަށް އެ ގައުމުގެ ނޫސްތަކުން ބުނެފި އެވެ.
Advertisement

ޕާކިސްތާނުގެ ފޮރިން އޮފީހާ ހަވާލާދީ އެ ގައުމުގެ މީޑިއާތަކުން ބުނީ ރައީސް ޑރ. މުއިއްޒު މި ދަތުރުފުޅުގައި ރާއްޖެއާ ޕާކިސްތާނާ ދެމެދު ގުޅުން ބަދަހިކުރުމަށް އެކި ދާއިރާތަކުން 12 އެއްބަސްވުމެއްގައި ސޮއިކުރަން ހަމަޖެހިފައިވާކަށެވެ. މިގޮތުން ވިޔަފާރި އާއި އިންވެސްޓްމެންޓް، ސިއްހަތު، ތައުލީމު، ކްލައިމެޓް ޗޭންޖް، ޓޫރިޒަމް، ސިވިލްއޭވިއޭޝަން، ދިފާއީ އަދި އަސްކަރީ ދާއިރާއިން އެމްއޯޔޫތަކުގައި ސޮއިކުރާނެކަމަށްވެސް ޕާކިސްތާނު މީޑިއާތަކުން ބުނެ އެވެ. 

ރައީސް މުއިއްޒުގެ މި ދަތުރުފުޅުގައި ޕާކިސްތާނުގެ ބޮޑުވަޒީރު ޝާހުބާޒް ޝަރީފާއި ރައީސް އާސިފް އަލީ ޒަރުދާރީއާ ބައްދަލުކުރައްވަން ހަމެޖެހިފައިވާކަމަށް އެގައުމުގެ ނޫސްތަކުން ބުނެއެވެ. 

މި ދަތުރަށް ޕާކިސްތާނު ތައްޔާރުވުމުގެ ގޮތުން ޕާކިސްތާނުގެ ބޮޑުވަޒީރުގެ ނައިބު އަދި ފޮރިން މިނިސްޓަރު އިޝްހާގް ދާރު މިއަދު ހާއްސަ ބައްދަލުވުމެއް ބާއްވާފައިވާކަމަށާއި 10 އަހަރަށް ފަހު ދިވެހި ދައުލަތުގެ ވެރިއަކު ކުރައްވާ ފުރަތަމަ ދަތުރުފުޅަށް އެ ގައުމުން ވަރަށް ބޮޑަށް ތައްޔާރުވަމުން އަންނަ ކަމަށްވެސް ޕާކިސްތާނު ނޫސްތަކުން ބުނެ އެވެ. 

މި ދަތުރުފުޅު ނިންމަވާލެއްވުމަށް ފަހު ރައީސް މުއިއްޒު ރާއްޖެ ވަޑައިގަތުމަށް ހަމަޖެހިފައިވަނީ އަންނަ ހުކުރު ދުވަހު އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް