މި ހާދިސާ ހިންގާފައިވަނީ ވިލާތުގެ ދިޕްލޮމޭޓުންގެ އެ ވަފުދުން ހިފާފައިވާ ހުޅަނގު ކަރައިގެ ސަރަހައްދަށް ކުރެއްވި ރަސްމީ ޒިޔާރަތެއްގެ ތެރެއިންނެވެ.
މި އަނިޔާވެރި ހަމަލާގެ ތެރޭގައި އިސްރާއީލުގެ ޣައިރުޤާނޫނީ ވަޒަންވެރިން ވަނީ ދިޕްލޮމޭޓުން ދަތުރުކުރެއްވި އުޅަނދުފަހަރަށް އަމާޒުކޮށް ނުރައްކާތެރިކޮށް ގާ އުކާފައެވެ. އަދި މި ގާ އުކުމުގެ ސަބަބުން ދިޕްލޮމޭޓުންގެ އުޅަނދުފަހަރުގެ ބިއްލޫރިގަނޑުތައް ތަޅައިގެން ގޮސް، އުޅަނދުތަކަށް ބޮޑެތި ގެއްލުންތަކެއް ވަނީ ލިބިފައެވެ.
މީގެއިތުރުން، ދިޕްލޮމޭޓުންގެ ވަފުދާއެކު ދަތުރުކުރެއްވި ފްރާންސުގެ މޭޔަރަކަށްވެސް އިސްރާއީލުގެ ވަޒަންވެރިން ވަނީ ޖިސްމާނީ ގޮތުން ސީދާ ހަމަލާދީ އަނިޔާކޮށްފައެވެ. މިއީ ހުޅަނގު ކަރައިގައި އިސްރާއީލުގެ ޣައިރުޤާނޫނީ ވަޒަންވެރިން ދިޕްލޮމޭޓުންގެ ވަފުދަކަށް އަމާޒުކޮށް ހިންގި ވަރަށް ނުރައްކާތެރި އަދި ނުރައްކާ ބޮޑު އަނިޔާވެރި އަމަލެކެވެ.
ހިފާފައިވާ ހުޅަނގު ކަރައިގައި އިސްރާއީލުގެ ޣައިރުޤާނޫނީ ވަޒަންވެރިން ވިލާތުގެ ދިޕްލޮމޭޓުންނަށް އަމާޒުކޮށް ދިން މި އަނިޔާވެރި ހަމަލާއާ ގުޅިގެން، އެ ސަރަހައްދަށް ޒިޔާރަތްކުރާ ބައިނަލްއަޤްވާމީ ދިޕްލޮމޭޓުންގެ ސަލާމަތާއި ރައްކާތެރިކަމާމެދު ވަނީ ބޮޑެތި ކަންބޮޑުވުންތަކެއް އުފެދިފައެވެ.