ads
ޕެންޝަން އޮފީހުގެ ސީއީއޯ ޔަޒްމީދު ވާހަކަ ދައްކަވަނީ: ޕެންޝަން ފަންޑް ހަރުދަނާ ކުރަން ބޮޑެތި އަމާޒުތަކެއް ހުރިކަމަށް ވިދާޅުވި
ޕެންޝަން ފަންޑު ކުރިއަށް އޮތް ފަސް އަހަރު ތެރޭ 60 ބިލިއަން ރުފިޔާއަށް އިތުރުކުރަނީ
ޕެންޝަން ފަންޑަށް ގަވާއިދުން ފައިސާ ދައްކަން ޖެހޭނެ ކަމަށް ރަޖިސްޓަރީ ކޮށްފައިވާ ފަރާތްތަކުން ގާތްގަނޑަކަށް 100 މިލިއަން ރުފިޔާ ނުދައްކާ އެބަހުރި ކަމަށާއި ނަމަވެސް ކުރިއަށް އޮތް އެއް އަހަރު ދުވަހުގެ ތެރޭގައި އެ ފައިސާ ހޯއްދަވައި ރިކަވާ ކުރެއްވުމުގެ މަސައްކަތް ކުރައްވާނެ ކަމަށް އެ އިދާރާގެ ސީއީއޯ ޔަޒްމީދު މުހައްމަދު އިއްޔެ ވިދާޅުވެއްޖެ އެވެ.
Advertisement

ސީއީއޯ މިގޮތަށް ވިދާޅުވީ ޕެންޝަން އޮފީހުން އިންތިޒާމުކޮށްގެން ހދ. ހަނިމާދޫގައި ބޭއްވި "ތްރީ ޖެނެރޭޝަން ވޯކް" (3ޖެން ވޯކް) ހަރަކާތް ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ. 

ޔަޒްމީދު ވިދާޅުވި ގޮތުގައި އޭނާގެ އެންމެ ބޮޑު އެއް އަމާޒަކީ ކުރިއަށް އޮތް ފަސް އަހަރުގެ ތެރޭގައި އެ އަދަދު ދެ ގުނަ ކުރެއްވުމެވެ.

"ކުރިއަށް އޮތް 5އަހަރު ތެރޭ 60 ބިލިއަން ރުފިޔާއަށް އިތުރުކުރުނާ އަމާޒަކީ. އެ އަމާޒަށް ވާސިލުވުމަށްޓަކައި އިންވެސްޓްކުރެވޭނެ އިތުރު ފުރުސަތުތައް ހޯދައިގެން ފަންޑު މިހާރަށް ވުރެ ފުޅާކޮށް، ދެމެހެއްޓެނިވި ގޮތެއްގައި އޭގެ ނަފާ މެންބަރުންނަށް ލިބޭނެ ގޮތަށް އެ އޮފީހުގެ ހިންގުމުގެ ނިޒާމު މިހާރު ވަނީ ތަރުތީބުކޮށްފައި،" ޔަޒްމީދު ވިދާޅުވި އެވެ.

މީގެއިތުރުން، ރިޓަޔަރމަންޓް ޕެންޝަން ސްކީމުގައި ކޮންމެހެން ބައިވެރިވާންޖެހޭ ބައެއް ފަރާތްތަކުން ބައިވެރިނުވެ ތިބިކަން ފާހަގަކުރައްވައި، އެފަރާތްތައް ސިސްޓަމްގެ ތެރެއަށް ވެއްދުމުގެ މަސައްކަތް ކުރައްވަމުންދާ ކަމަށް ސީއީއޯ ވިދާޅުވިއެވެ.

ޕެންޝަން ފައިސާ ދައްކަންޖެހޭ ފަރާތްތަކުން ނުދައްކާ ހުރި ގާތްގަނޑަކަށް 100 މިލިއަން ރުފިޔާ، ކުރިއަށް އޮތް 1 އަހަރު ދުވަހުގެ ތެރޭގައި ހޯދައި ރިކަވަރ ކުރުމުގެ މަސައްކަތް ކުރައްވަމުންދާނެ ކަމަށްވެސް ޔަޒްމީދު ވިދާޅުވިއެވެ. 

ހަނިމާދޫ ކައުންސިލާ ގުޅިގެން ކުރިއަށް ގެންދިޔަ "3ޖެން ވޯކް" އަކީ މާލީ ހޭލުންތެރިކަން އިތުރުކުރުމަށާއި ދުޅަހެޔޮ ދިރިއުޅުމަކަށް ބާރުއެޅުމުގެ ގޮތުން ބޭއްވި ހަރަކާތެކެވެ. ފައިސާ ރައްކާކުރުމާއި އިންވެސްޓްކުރުމުގެ އިތުރުން ރިޓަޔާމަންޓަށް ތައްޔާރުވުމާ ގުޅޭ ގޮތުން އާއިލާތަކުގެ މެދުގައި ހޭލުންތެރިކަން އިތުރުކޮށް، އެކުވެރި މާހައުލެއްގައި އުފާވެރި ވަގުތުތަކެއް ހޭދަކޮށްލުމުގެ ފުރުސަތު މި ހަރަކާތުގެ ތެރެއިން ފަހިކޮށްދީފައިވެ އެވެ. މި ހަރަކާތް ކާމިޔާބުކަމާއެކު ބޭއްވުމަށް ހަނިމާދޫ ކައުންސިލާއި އެ ރަށުގެ މުއައްސަސާތަކުންނާއި ރައްޔިތުން ދިން އެއްބާރުލުމަށް ޔަޒްމީދު ވަނީ ޝުކުރު އަދާކުރައްވައިފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް