ads
ހިލަ ބަސްތާ ވެއްޓުނު މަންޒަރު ފެންނަ ވީޑިއޯގެ މަންޒަރެއް
އިމާރާތެއްގެ މަތިން 50 ކިލޯގެ ހިލަ ބަސްތާއެއް މަގުމައްޗަށް، މީހަކު ޒަހަމްނުވީ ހަމަކިރިޔާ
ކާރޫ ބާރު ބޮޑު ޗާންދަނީ މަގުގައި ހަދަމުން ދިޔަ އިމާރާތެއްގެ މަތިން 50 ކިލޯގެ ހިލަ ބަސްތާއެއް މަގުމައްޗަށް ވެއްޓިއްްޖެއެވެ.
Advertisement

މި ހާދިސާގެ ވީޑިއޯ ސޯޝަލް މީޑިއާގައި ވަނީ އާއްމުވެފަ އެވެ. 

އެ ވީޑިއޯއިން ފެންނަ ގޮތުން މި ހިލަ ބަސްތާ ވެއްޓުނީ ކުރީގެ ހަބީބް ބޭންކު ހުރި ތަނުގައި ހަދަމުން އަންނަ އިމާރާތުގެ މަތިންނެވެ. އެ އިމާރާތަކީ ބީސީސީގެ އާ އޮފީސް އިމާރާތެެވެ. 

your imageމަތިން ވެއްޓުނު ހިލަ ބަސްތާ މަގުމަތީގައި

ވީޑިއޯއިން ފެންނަ ގޮތުން ބާރު ސްޕީޑުގައި އައި ހިލަ ބަސްތާ ވެއްޓި މަގުމަތީގައި ޖެހެެނީ އެމަގުން ސައިކަލްގައި ދިޔަ އަންހެނަކު އެ ސަރަހައްދު ހުރަސްކުރާތާ ކުޑަ ހިނދުކޮޅެއްގެ ތެރޭގަ އެވެ. އަދި ބަސްތާ ވެއްޓީ ޖެހެނީ އޭނާގެ ފަހަތުން އެމަގުން ސައިކަލުގައި ދިޔަ ފިރިހެނެއްގެ ކުރި މައްޗަށެވެ. މި ހާދިސާގައި މީހަކަށް އަނިޔާ ނުވެ ސަލާމަތްވެފައި މިވަނީ ހަމަ ކިރިޔާ އެވެ. 

your imageހިލަ ބަސްތާ ވެއްޓުނު އިމާރާތުގެ މަސައްކަތް ކުރާ މީހުން އެ ބަސްތާ ނަގާ މަގުމަތި ސާފުކުރަނީ

އެ ބަސްތާ ވެއްޓުނުތާ އިރުކޮޅެއް ނުވަނީ އެ އިމާރާތް ހަމަދުންދާ ފަރާތްތަކުން ވަނީ ހިލަ ބަސްތާ މަގުމަތިން ނަގާ އެ ސަރަހައްދު ސާފުކޮށްފައެވެ. 

މިކަމާއި ގުޅިގެން ކަމާއި ބެހޭ އެއްވެސް އިދާރާއަކުން އަދި އެއްޗެއް ހާމައެއް ނުކުރެއެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
100%
ވަރަށް ސަލާމް
ކޮމެންޓްސް